މާލޭ ސްކޫލްތަކުގައި ކުރިއަށް އޮތް ދެ ހަފުތާގައިވެސް ކިޔަވައިދޭނީ އޮންލައިންކޮށް

މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފްތާ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި އެކުގައި ސްކޫލުތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހުއެވެ.

އޭގެފަހުން ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ސްކޫލުތައް އަލުން ހުޅުވާލީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މަތީ ގުރޭޑްތަކަށެވެ. އަދި އެހެން ރަށްރަށުގައި މިދިޔަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށްވެސް އަންނަނީ ކިޔަވައިދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *