ކޮވިޑްގެ ހާލަތުގައި ކިޔަވައި ދިނުމަށް ކުރިން ކަނޑައަޅައި ކިޔަވައިދެމުން އައި ގަޑިތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވައިދޭ ޕީރިއަޑުގެ ދިގުމިނާ ގުޅޭގޮތުން ފާއިތުވި ދުވަސްތަކުގައި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ފަރާތުން ލިބުނު ޚިޔާލާއި މަޝްވަރާގެ އަލީގައި ކުރިން ކަނޑައަޅާފައިވާ 45 މިނިޓްގެ ޕީރިއަޑު 35 މިނިޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ކޮންމެ މާއްދާއަކުން ހަފުތާއަކު ނަގަންޖެހޭ ޕީރިއަޑުގެ އަދަދުތަކަށް ވެސް ވަނީ ބައެއް ބަދަލު ގެނެސްފައެވެ.
އެގޮތުން ސެޝަން ގަޑީގެ ތެރެއިން އަތްދޮވުމާއި އެހެނިހެން ކަންކަމަށް އެއް ގަޑިއިރު ލިބޭ ގޮތަށް، ސެޝަންގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެހެން ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.
ކޮވިޑް19އާ ގުޅިގެން މާލެފިޔަވައި އެހެން ސްކޫލްތަކުގެ ކިޔެވުން ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ނަމަވެސް މާލޭގައި ކުރިއަށް ގެންދިޔައީ ގުރޭޑް 9ން މަތީގެ ގުރޭޑްތަކެވެ. އެ ގުރޭޑްތަކުގެ ކިޔެވުން ވެސް ވަނީ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލާފައެވެ.
advertisment
ހިޔާލު