ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް އަންނަ ބުރާސްފަތި ދުވަހު

ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފަށާނެއެވެ. މި މުބާރާތުގައި ލ. އަތޮޅުގެ ދިހަ ސްކޫލަކުން ބައިވެރިވެއެވެ.

ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވާ ސްކޫލްތައް:

  • ލ. އަތޮޅު މަދަރުސާ
  • ކުނަހަންދޫ ސްކޫލް
  • ދަނބިދޫ ސްކޫލް
  • އިހައްދޫ ސްކޫލް
  • މާމެންދޫ ސްކޫލް
  • ޙަމަދު ސްކޫލް
  • ލ. އޭއީސީ
  • މާވަށު ސްކޫލް
  • ކަޅައިދޫ ސްކޫލް
  • އިސްދޫ ސްކޫލް

މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗްތައް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެއެވެ. ތިން ވަނަ ދުވަހާ ހަމައަށް ގުރޫޕް ސްޓޭޖްގެ މެޗްތައް ކުރިއަށް ގެންދާނެއެވެ. ކޮންމެ ދުވަހަކު ވެސް ހަތަރު މެޗް ކުޅޭނެއެވެ.

ފުރަތަމަ މެޗް، ބުރާސްފަތި ދުވަހު ހަވީރު ލ. އަތޮޅު މަދަރުސާ ކުޅޭނީ ދަނބިދޫ ސޫލާއާއެވެ. ދެވަނަ މެޗް ކުނަހަންދޫ ސްކޫލް ކުޅޭނީ އިހައްދޫ ސްކޫލާއާއެވެ. ރޭގަނޑު ކުޅޭ ފުރަތަމަ މެޗްގައި ހަމަދު ސްކޫލާއި މާމެންދޫ ސްކޫލް ކުޅޭއިރު، ދެވަނަ މެޗްގައި ލ. އޭއީސީ ކުޅޭނީ މާވަށު ސްކޫލާއާއެވެ.

މިދިޔަ އަހަރު ބެއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލ. އަތޮޅު މަދަރުސާއިންނެވެ. ފައިނަލުގައި އެޓީމުން ކުރި ހޯދީ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާ ވާދަކޮށް 9-12 ގެ ތަފާތަކުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *