ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީނުން އޯލެވެލް ހެދި ފުރަތަމަ ދަރިވަރުންގެ ފަރާތުން އެ ސްކޫލަށް ފައިސާގެ އެހީއެއް ވެދީފިއެވެ. އެ ކުދިންގެ ފަރާތުން އެ ސްކޫލަށް ވަނީ 7000 ރުފިޔާ ހަދިޔާކޮށްފައެވެ.
މި ފައިސާއާ އެ ސްކޫލުން ހަވާލުވެވަޑައިގެންނެވީ ޕްރިންސިޕަލް ނާސިހާ އިދުރީހެވެ.
އަފީފުއްދީން ސްކޫލްގައި އޯވެލެވްގައި އިށީނީ 2013 ވަނަ އަހަރުއެވެ. އެ އަހަރު އެ ސްކޫލުން އޯލެވެލް ހެދި ދަރިވަރުންނަކީ އެ ސްކޫލްގެ ސާނަވީ ފުރަތަމަ ބެޗެވެ.
ޕްރީ ސްކޫލް އުމުރުފުރައިގެން ފެށިގެން ގުރޭޑް ދިހައަކަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގެ ކުރީގެ ދަރިވަރުން ދެއްވި އެހީއަށް އެ ސްކޫލުން ވަނީ އެ ދަރިވަރުންނަށް ޝުކުރުއަދާކޮށްފައެވެ.
advertisment
ހިޔާލު