ކޮވިޑާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގެ ހުރިހާ ސްކޫލެއް ބަންދުކޮށްފި

ހިތަދޫގެ ހުރިހާ ސްކޫލެއް ބަންދުކުރީ ކޮވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން އެޗްޕީއޭ އިން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީއެވެ.

ބޮޑު ބަންދަކަށްފަހު ސްކޫލްތައް އަލުން މިއަދު ހުޅުވާފައިވާ އިރު، ކުރިއަށް އޮތް ދެ ދުވަހަށް ސްކޫލުތައް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހިތަދޫގެ ހުރިހާ ސްކޫލްތަކަށް އަންގާފައެވެ.

އެޗްޕީއޭ އިން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެމީހާ އައްޑޫ އަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހުރެ ސާމްޕަލް ދިނުމަށްފަހު. ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ދެ މީހުން ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *