ސްކޫލްތައް ރައްކާތެރިކަމާއެކު ހުޅުވަން އެމެރިކާ އާއި ޔުނިސެފުން 11.5 މިލިއަން ރުފިޔާގެ އެހީއެއް

ކޮވިޑް19އާ ގުޅިގެން ބަންދުކުރި ސްކޫލްތައް ރައްކާތެރިކަމާއެކު އަލުން ހުޅުވަން އެމެރިކާ އާއި ޔުނިސެފް ގުޅިގެން ދިވެހި ސަރުކާރަށް 11.5 މިލިއަން ރުފިޔާގެ އެހީއެއް ވެދީފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ދިން މި އެހީ ބޭނުން ކުރަން ކަނޑައަޅާފައި ވަނީ އިޖުތިމާއީ ގުޅުމާއި ސްކޫލްތައް އަލުން ހުޅުވާ އިރު ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އޭގެ ތެރޭގައި ސާފު ފެނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށެވެ.

ސްކޫލްތައް ހުޅުވުމަށާއި މިހާލަތުގައި ދަރިވަރުންނަށް ކިޔަވައި ދިނުމަށް ޔުނިސެފުން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމެއް އެޑިއުކޭޝަން މިނިސްޓްރީއަށާއި އެ މިނިސްޓްރީއާ ގުޅިފައިވާ ދާއިރާތަކަށް ފޯރުކޮށްދެމުންނެވެ.

މި އެހީއާ ގުޅިގެން އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ދިވެހިންގެ ސިއްހަތާއި ރައްކާތެރިކަމަށް ވެދެވޭ އެހީއެއްކަމަށް ވިދާޅުވެފައެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ފިޔަވައި އެހެން ސްކޫލްތަކަށް އަންނަނީ ކިޔަވައި ދެމުންނެވެ. މާލޭގައި ގުރޭޑް 9ން މަތީގެ ގުރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާއިރު، ކޮވިޑް ބަލީގެ މީހުން ކޮންޓްރޯލެއް ނެތި ފެންނަމުން ދިއުމާ ގުޅިގެން ދެ ހަފުތާއަށް ވަނި ސްކޫލްތައް ބަންދުކޮށްފައެެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *