ކަލާފާނު ސްކޫލުގެ ހުރިހާ މުދައްރިސުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދައިފި

ކަލާފާނު ސްކޫލުގެ ހުރިހާ މުދައްރިސުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދައިފިއެވެ.

ކަލާފާނު ސްކޫލުން ބުނީ، ސްކޫލުގައި ހިމެނޭ 105 ޓީޗަރުންނާއ، ސްކޫލް މެނޭޖްމެންޓް ޓީމުގެ 18 މުވައްޒަފަކު ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދާފައިވާ ކަމަށެވެ.

އެ ސްކޫލްގެ އިސް އޮފިޝަލަކު ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލްގެ ހުރިހާ މުދައްރިސުން ގޫގުލް ސެޓިފައިޑް މުދައްރިސުންނަށް ވުމުގެ ޓާގެޓް ކަނަޑައެޅީ މީގެ ދެމަސް ކުރިން ކަމަށެވެ.
" އަޅިގަނޑުމެން ބޭނުންވީ ޖުލައި މަހުގެ ނިޔަލަށް ހުރިހާ ޓީޗަރުން ޓްރޭންވާން. އިރާދަ ކުރެއްވިއްޔާ އެ ޓާގެޓް މި ހާޞިލްވީ" އޭނާ ވިދާޅުވިއެވެ.

ކޮވިޑް19އާ ގުޅިގެން ގޫގުލް ކުލާސްރޫމާއި ގޫގުލް މީޓް މެދުވެރިކޮށް ކިޔަވައިދޭން ފެށުމާއެކު ގޫގުލް ސެޓިފައިޑް މުދައްރިސުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޓީޗަރުންނަށް އަންގާފައެވެ. އެ އެންގުމާ އެއްގޮތަށް ހުރިހާ ސްކޫލަކުން އަންނަނީ އެ ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީނު ވަމުންނެވެ. މިހާތަނަށް އެއް ސްކޫލެއްގެ ހުރިހާ މުދައްރިސުން މި ޕްރޮގްރާމް ނިންމި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. މުހިންމީ ސެޓްފިކެޓް އެއް ނޫން. ބޭނުންކުރަން އެނގޭ މިންވަރު. ސެޓްފިމެޓް ލެވެލް 1 ގެ ސުވާލާއި ޖަވާބު އިންޓަނެޓް ގަ ސާޗް ކޮށްލީމަ ލިބެން އެބަހުރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *