ޗެސް އޮންލައިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ތާޖުއްދީނުގެ ލައިޝާއަށް

އޭޝިއަން ޗެސް އޮންލައިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ތާޖުއްދީނުގެ މަރްޔަމް ލައިޝާ އަބްދުލްރަޝީދަށް ލިބިއްޖެއެވެ.

މިއީ އޭޝިއަން ޗެސް ފެދެރޭޝަންއިން އިންތިޒާމްކުރާ މި ކޭމްޕަކީ ވުމަން ޗެސް އާއި ފިޑޭ ދިވެލޮޕްމަންޓް ފަންޑް ސަޕޯޓް އާއި ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މިއީ 20 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންނަށް ބާއްވާ ކޭމްޕުގައި ފުރުޞަތު ދެނީ އޭޝިއާގެ ކޮންމެ ގައުމަކުންވެސް 20އަހަރުން ދަށުގެ އެއް ކުއްޖަކަށެވެ.

ތާޖުއްދީން ސްކޫލުގެ ގްރޭޑް 9ގައި ތަޢުލީމު ކިޔަވަމުންދާ ލައިޝާ އަކީ ގައުމީ ޓީމު ސެލެކްޝަންއިން ދެ ވަނަ ހޯދާފައިވާ ކުޅުންތެރިއެކެވެ.
އޭޝިއަން ޗެސް އޮންލައިން ކޭމްޕުގެ ޓްރޭނަރުންގެ ތެރޭގައި ވޯލްޑް ޗެމްޕިއަން ގްރޭންޑް މާސްޓާ އާނަންދު ވިޝްވަނާތަން އާއި ގްރޭންޑް މާސްޓާ ޖޭކޮބް އާގާރޑް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *