7-8 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނީ އޮގަސްޓް 16ގައި

7-8 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނީ އޮގަސްޓް 16ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޗްޕީއޭގެ މަޝްވަރާއާއެކު ކީސްޓޭޖް 3 ގައި ހިމެނޭ 8-7 ގެ ދަރިވަރުންނަށް އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ހުރުމަށްފަހު ކިޔެވުން ފެށީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. މާލޭގެ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުގައި ގުރޭޑް 1ން 12އަށް ކިޔަވައިދެމުންދާއިރު، މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދަނީ ގުރޭޑް 9އިން 12އަށެވެ.
އެހެން ގުރޭޑްތަކަށް މިހާރުވެސް އޮންލައިންކޮށް ދަނީ ކިޔަވައިދެމުންނެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *