ރ. އަތޮޅުގެ ސްކޫލްތަކާއި ރ. ޓީޗަރސް ރިސޯސް ސެންޓަރ ގުޅިގެން އެޓޯލް ބޭސްޑް ޕީޑީ ވެބިނާ ސީރީސްއެއް ފަށައިފިއެވެ.
މި ވެބިނާ ސީރީސްތަކުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޚިދުމަތުގައި ތިބި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ސަޕޯރޓް ސްޓާފުންނަށް މަސައްކަތުގެ ފެންވަރު ރަގަޅުކުރުމަށް ބޭނުންވާ މަޢުލޫމާތު، ތަފާތު ދާއިރާތަކުން ފޯރުކޮށްދިނުމެވެ.
ކޮންމެ ވެބިނާއެއްގައި ތަފާތު ހަ މައުލޫއަށް އިންސާފުކުރާއިރު މި ވެބިނާތައް ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ސެޝަންތައް ކޯޑިނޭޓް ކުރައްވާނީ އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ. އަދި މި ސެޝަންތައް ނަންގަވައި ދެއްވާނީ ތަފާތު ދާއިރާތަކުން ތަޢުލީމު ހާސިލުކުރައްވައިގެން ތިއްބެވި ތަޖުރިބާކާރު ފަރާތްތަކުންނެވެ.
ޖުމުލަ 3 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ މި ޕީޑީ ވެބިނާ ސީރީސްގެ ފުރަތަމަ ބުރު ބޭއްވީ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.
ޕީޑީ ސެޝަންތަކުގެ މި ބުރުގައި 700 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެލެއްވިއެވެ. އޭގެތެރޭގައި އަތޮޅުތެރޭގެ އެކި ސްކޫލްތަކުން 584 ޓީޗަރުންނާއި 117 ސަޕޯރޓް ސްޓަފުން ހިމެނިވަޑައިގަންނަވަ އެވެ.
މި ޕީޑީ ސެޝަންތަކުގައި ބައިވެރިވެލައްވަން ބޭނުންވާ އެހެން އަތޮޅުތަކުގެ މުދައްރިސުންނަށް އެ ފުރުސަތުވަނީ ހުޅުވައިލެވިފައެވެ.
ސެޝަންތަކުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ސެޝަން ލިންކްތައް ޓީ.އާރު.ސީ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެ އެވެ.
advertisment
ހިޔާލު