މިލަންދޫ އިސްކޫލުގެ ހުރިހާ މުދައްރިސުން ގޫގުލް އެޑިއުކޭޝަން ސެޓިފިކެޓް ހޯދައިފި

ށ. މިލަންދޫ އިސްކޫލުގެ ހުރިހާ މުދައްރިސުން ގޫގުލް އެޑިއުކޭޝަން ސެޓިފިކެޓް ހޯދައިފިއެވެ.

މިލަންދޫ އިސްކޫލުގެ 70 މުދައްރިސުން މި ސެޓްފިކެޓް ހޯދީ، އެ އިސްކޫލުން ކަނޑައެޅި، ތާވަލާ އެއްގޮތަށް ދެ މަސްދުވަހުގެ ތެރޭގައެވެ.
އެ އިސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ވިދާޅުވީ ކޮންމެ ސްކޫލެއްގައިވެސް އެކި ފެންވަރުގެ މުދައްރިސުން ތިއްބަވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ސައްތައިންސައްތަ މިފަދަ ކާމިޔާބެއް ހޯދުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެކަމުގެ ފައިދާ އެ ސްކޫލަށް ލިބެމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އެކްސްޕާރޓް ޓީޗަރުންގެ އެހީއާއެކު، ކުރު މުއްދަތެއްގެ ތެރޭގައި ޓާގެޓަށް މި ދެވުނީ. އެފަދަ ޓީޗަރުންގެ އެހީތެރިކަން ގިނަ ޓީޗަރުންނަށް ލިބިގެންދިޔަ" އިބްރާހިމް ވިދާޅުވިއެވެ.
ބާރަ ވަނަ ގުރޭޑާ ހަމައަށް ކިޔަވައިދެމުން ގެންދާ މިލަންދޫ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދެމުންދާ އިސްކޫލެކެވެ.

ކޮވިޑާ ގުޅިގެން، ގުރޭޑް9ން މަތީގެ ކުލާސްތަކަށް ސްކޫލްގައި ކިޔަވައިދެމުން ގެންދާއިރު، އެހެން ކުލާސްތަކަށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ މަސައްކަތް އެ ސްކޫލުން ކުރިއަށް ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *