ދިރާސީ އާ އަހަރު އޮގަސްޓް / ސެޕްޓެމްބަރަށް ބަދަލުކުރުމާމެދު އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

އޮންލައިންކޮށް ޚިޔާލު ހުށަހެޅުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ފޯމުގައި ވަނީ ތިން ތާރީޚެއް ފާހަގަކޮށް އެތަނުން އާންމުންނަށް ފެންނަ ތާރީޚެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފޯމުގައި ކަނޑައަޅާފައިވާ ތާރީޚުތަކަކީ ޖެނުއަރީ މަހާއި އޮގަސްޓު މަސް ނުވަތަ ސެޕްޓެމްބަރު މަހުގައިސްކޫލްތައް ހުޅުވުމަށެވެ.

ދިރާސީ ކަލަންޑަރު އެކުލަވައިލުމުގެ ކުރިން ސްކޫލްތަކާއި ބެލެނިވެރިންނާވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިއްސާ ވެސް ކޮށްފައެވެ.

ކޮވިޑް -19ގެ ޙާލަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖީސީއީ އޯލެވެލް އިމްތިހާން އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވަން ނިންމާފައެވެ. އަދި އަލް ޢަރަބިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ އަންނަ އަހަރުގެ މޭ/ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ގްރޭޑް 10 ގައި ކިޔަވާދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *