އަންނަ މަހުގެ މެދުތެރޭގައި ގުރެޑް 8-7 ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާ މަޝްވަރާކުރުމަށްފަހު، އަންނަ މަހުގެ ދެ ވަނަ ހަފުތާތެރޭގައި މާލެ ހިމެނޭ ސަރަހައްދުގައި ކިޔަވައިދޭން ފަށަން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އާތިޔާ ވިދާޅުވީ މާލޭ ސްކޫލްތަކުގައި ގުރޭޑް 8-7 ގެ ދަރިވަރުންނަށް ކިޔަވައިދޭން މި ހާލަތުގައި ބޮޑެތިބަދަލުތަކެއް ސްކޫލްތަަކަށް ގެންނަންޖެހޭ ކަަމަށެވެ. އެބަދަލާއެކުވެސް ކިޔަވައިދެނީ ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އާތިޔާ ވިދާޅުވިއެވެ.
އާތިޔާ ވިދާޅުވީ އިތުރު ދެ ގުރޭޑަށް ކިޔަވައިދޭން ފެށި ނަމަވެސް، ގައިދުރުކުރުން ބެހެއްޓުމާއި، މާސްކު އެޅުމާއި، އަތްދޮވުމާއި ހުންބެލުން ފަދަ ކަންތައްތައް މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލެ ފިޔަވައި އެހެން ރަށްރަށުގެ ދަރިވަރުން ސްލޫލްތަކުގައި ކިޔަވައިދެމުން ގެންދާއިރު، މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދަނީ ގުރޭޑް ނުވައަކުން މަތީ ގުރޭޑް ތަކަށެވެ. އެއަށްވުރެ ދަށް ގުރޭޑް ތަކަށް ކިޔަވައިދެމުން ގެންދަނީ އޮންލައިން ކޮށެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ހަތަރު މަސްދުވަހަށް ބަންދުކޮށްފައި ހުރުމަށްފަހު ހުޅުވީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
advertisment
ހިޔާލު