ރައީސުލްޖުމުހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ހަތް ދަރިވަރަކަށް

އޭލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްޞަ އެވޯޑް ހަތް ދަރިވަރަކަށް މިއަދު ދީފިއެވެ.

މި އެވޯޑް އެ ދަރިވަރުންނާ ހަވާލުކޮށް ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙަންމަދު ސޯލިހެވެ.

މިއަހަރު މި އެވޯޑް ޙާސިލްކޮށްފައިވަނީ މިދިޔަ އަހަރު ސެންޓަރ ފޮރ ހަޔަރ އެޑިއުކެޝަން ސެންޓަރ (ސީއެޗްއެސްސީ)އިން މަތީ ޘާނަވީ ހާސިލް ކުރި 5 ދަރިވަރަކަށާއި އަލްމަދަރުޞަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި ދެ ދަރިވަރަކަށެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުން:

• އައިޝަތު ރިސްލާ އުމަރު، ހދ. ކުޅުދުއްފުށީ، ވިނަމާގެ، ސީއެޗްއެސްއީ.

• މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ.

• މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ، ދެވެލި، ސީއެޗްއެސްއީ.

• މަރިޔަމް ޒައިނާ މުހައްމަދު ޞާލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ.

• ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ.

• ޔޫސުފް އިނާޝް އިނާޒް، ދަފްތަރު ނަމްބަރު 1651، އަލްމަދަރުޞަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

• އާލާ އަޒްމަތު ޖަމީލް، މއ. ނާރެސް، އަލްމަދަރުޞަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުންޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *