ޅާނބު ނަގައި ދެ ފަޔަށް ހޮޔޮވަރު ކޮށްލިއެވެ. ދެ އަތުން ރުކުގެ ދެ ފަރާތުގައި ހިފަހައްޓާލިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ އޮތީ ރުކުގެ ކުރީގައެވެ. އިހާ މަތީގައި އިށީނދެ އިނދެ އަތުން އަނބުރާލާ ދެ ތިން ކުރުނބާ ބިންމައްޗަށް ވައްޓާލިއެވެ. އަދި ރުކުން ފައިބަން ނެގީ ވެސް އެހައިމެ މަދު ސިކުންތު ކޮޅެކެވެ. ދާއިން އެޅި ކުރުނބާ ހަދަމުން ދިޔަ މަންޒަރަކީ ވެސް އެ ވަރުގެ ކުއްޖެއްގެ ފަރާތުން ފެނިގެން ދިޔަ ގަބޫލުކުރަން ދަތި ހުނަރެކެވެ. އެހައިމެ ފަރިތައެވެ.
ނ. ކުޑަފަރީ ސްކޫލްގެ ގުރޭޑް ފަހެއްގައި ކިޔަވަމުންދާ އެންމެ ދިހަ އަހަރުގެ އިބްރާހިމް ދާއިންގެ އެ ހުނަރު ހޯދީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ބައްޕައަކީ ރާވެރިއެކެވެ. ރުކަށް އަރައި އުޅޭ މީހެކެވެ. ރާއަރަން ރުއްދަނޑެއް ގެންގުޅުނު ނަމަވެސް މިހާރުގެ މައިގަނޑު މަސައްތަކީ ކޮންސްޓްރަކްޝަން މަސައްކަތެވެ.
" ރާއަރަން ދާއިރު ވެސް އަބަދުވެސް ކިޔާނެ ގެންދާށޭ. އުމުރުން އެހައި ހަގުވީމާ ކޮންމެކޮންމެ ފަހަރަކު ނުގެންދަން. އެހެން ނޫނަސް އެ އުމުރުގައި ޢާއިލާގެ މީހަކު ނެތި އެފަދަ ކަމެއް ކުރަން ޢާއިލާއަކުން ހިތްވަރެއް ވެސް ނުދެން" ދާއިންގެ ބައްޕަ މަޖީދު ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ބައްޕަ ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިއެއްގެ ގޮތުގައި ދާއިން ހުރެއެވެ.
" އަބަދުވެސް މަސައްކަތުގެ ތެރޭގައި އުޅޭހިތް ވަނީ. އެ އުމުރުގެ ކުދީންނާ އަޅާބަލާ އިރު ވަރަށް ހަލަނިކޮށް އުޅޭނީ ވެސް. ބައެއް ފަހަރު އެހެން އުޅޭތީ މައްސަލަ ވެސް ޖެހޭ" މަޖީދު ކިޔައިދިނެވެ.
ރަށްފުށުގައި ރުކަށް އެރުމަކީ އާންމު ކަމެކެވެ. އެކަމަކު ދާއިންގެ ރުކަށް އެރުމުގެ ހުނަރަށް ދޭންޖެހޭނީ ސަތޭކައެވެ. އެހައި ކުޑައިރުވެސް އެ ހުނަރުގެ ބޮންތިއާ ހަމައަށް އެ ވަނީ ދވިފައެވެ.
ހިޔާލު