ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. އޭއީސީއަށް

ލާމަސީލުލާމު އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމް- ފޮޓޯ: ލާމަސީލުލާމު ލައިވް

ޝީޝާ ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު ފައިނަލުގައި ލ. އޭއީސީން ޗެމްޕިއަންކަން ހޯދީ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާ ވާދަކޮށް 1-3ން ނެވެ.

މި މުބާރާތުގައި ނުވަ ސްކޫލަކުން ވާދަކުރިއެވެ.

ފައިނަލް މެޗްގެ ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓްގައި ލ. އޭއީސީގެ ޖޯޒީ ނަމްބަރު 9 އަޙްމަދު ރިޔާންއެވެ. އޭނާ ވަނީ މި މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ. އޭގެ އަށާރަ މިނެޓް ފަހުން ލ. އޭއީސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑް ފުޅާކުރީ މުޙައްމަދު އިނާން އިބްރާޙިމެވެ. އެއީ މި މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ލ. އޭއީސީގެ ތިން ވަނަ ލަނޑުޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ޖޯޒީ ނަމްބަރު 11 މުހައްމަދު ރާޔިޝް މުހުސިނެއެވެ.

ޙަމަދު ސްކޫލުން ޖެހި ހަމައެކަނި ލަނޑުޖެހީ ފަހު ހާފްގައި، އެ ޓީމުގެ ޖޯޒީ ނަމްބަރު 17 މުހައްމަދު ރިފްދާނެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ މާމެންދޫ ސްކޫލެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ލ. އޭއީސީގެ ޖޯޒީ ނަމްބަރު 10 އަޙްމަދު ސަޖުލް ޝުއައިބެވެ. އޭނާ ވަނީ މި މުބާރާތުގައި ހަތް ލަނޑު ޖަހައިގެން ރަންބޫޓް ވެސް ހޯދާފައެވެ. ސަޖުލްގެ އިތުރުން  ހަތް ލަނޑު ޖަހައިގެން އިތުރު ދެ ކުޅުންތެރިއަކަށް ވެސް ރަންބޫޓް ލިބުނެވެ. އެއީ ދަނބިދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 7 އަޙްމަދު ރުއާއު އާއި ޙަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 17 މުޙައްމަދު ރިފްދާން އަލީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *