ހިންނަވަރު ކެފޭއަކުން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޯޓިސް ބޯޑް ޑިޖިޓަލްކޮށްދީފި

ހިންނަވަރުގެ ޔަކިޓޯރީ ކެފޭއިން އެރަށުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޯޓިސްބޯޑް ޑިޖިޓަލް ކޮށްދީފިއެވެ.

ނޯޓިސް ބޯޑް ޑިޖިޓަލް ކުރަން އެ ކެފޭއިން ތައުލީމީ މަރުކަަަޒަށް ހަދިޔާ ކުރީ 50 އިންޗީގެ އެންޑްރައިޑް ސްމާޓް ޓީވީއެކެވެ. ހިންނަވަރުން ސްކޫލުން ވަނީ އެ ކެފޭއިން ދިން ދީލަތި އެހީ ފާހަގަކޮށް އެފަރާތަަށް ޝުކުރުއަދާކޮށްފައެވެ.

އަންނަ ބުދަދުވަހު ކިޔަވަން ފަށަން ތައްޔާރުވެފައިވާއިރު، ހެޔޮއެދޭ ފަރާތަކުން އެ މަރުކަޒަށް ވަނީ ސެނިޓައިޒާއާއި އަންގީގެ އިތުރުން ދަރިވަރުން ހުންބެލުމަށް ތަމޯމީޓަރު ހަދިޔާކޮށްފައެވެ.

ސްކޫލް ހުޅުވަންވާއިރަށް ޕްލޭގްރައުންޑް ތަރައްގީކުރުމަށް، ހިންނަވަރުގެ ކުރީގެ ފުޓްބޯޅަ ދަނޑުންނެގި ކާޕެޓްތައްވެސް ވަނީ އެ މަރުކަަޒަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *