އިންޓަރނެޓަކީ ތަފާތު ވައްތަރުގެ ގިނަ ބަޔަކު، އެއް ބަޔަކު އަނެއް ބަޔަކާ މުއާމަލާތްކުރުމަށް ބޭނުންކުރާ ވަސީލަތެއްކަން ދަނެ މިކަމަށް ސަމާލުވުން ވަރަށް މުހިންމެވެ. އޮންލައިންކޮށް މުއާމަލާތްކުރުމަށް ފަސޭހަ ނަމަވެސް އެކަމުގައި ނުރައްކަލަށް ހުށަހެޅޭ ހިރާސްތަކެއް އެބަހުއްޓެވެ. އޮންލައިން ގްރޫމިން ފެށިގެންދަނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ނިޔަތުގައި ނުވަތަ އެކަމަށް އެކުއްޖާ ތައްޔާރުކުރުމަށް މީހަކު ކުއްޖަކާ މުއާމަލާތްކުރަން ފަށައިގަންނަ ހިސާބުންނެވެ. އޮންލައިން ގްރޫމިންގއަކީ ޤާނޫނީ ކުށެކެވެ. އާންމު ގޮތެއްގައި އޮންލައިން ގްރޫމިންގއަކީ މަޑުމަޑުން ފެށިގެން ތަރައްޤީ ކުރަމުން ކުރިޔަށް ގެންދާ ޖިންސީ ގޯނާއެކެވެ. މިފަދަ މީހުން ބަދުއަހުލާޤީ ވާހަކަތައް މުއާމަލާތްކުރާއިރު އަމާޒަކީ ފަހުން އެކުދިންނަށް އޮންލައިންކޮށް ނުވަތަ ހަޤީޤީ ދިރިއުޅުމުގައި ޖިންސީ އަނިޔާ ދިނުމަށް މަގުފަހިކުރުމެވެ.
އޮންލައިން ގުރޫމަރުންގެ ފަރާތުން ފެނިދާނެ ބައެއް ކަންކަން
– އޮންލައިންކޮށް ރަހުމަތްތެރިވެ ދަރިވަރުންނާއި އެއް އުމުރެއް ކަމުގައި ބުނެ އޮޅުވާލައިގެންވެސް އުޅުން.
– ދަރިވަރުގެ ވާހަކަތައް އަޑުއަހައި، ސަމާލުކަންދީގެން އިތުބާރު ހޯދަން މަސައްކަތް ކުރުން .
– ކާކުކަން ނޭނގޭ ގޮތަށް ފޭކް އައިޑީއެއްގައި އޮންލައިން ވެގެން ދަރިވަރާބެހޭ ޒާތީ މައުލޫމާތު ހޯދުމަށްފަހު ހައްދާލައިގެން ބައްދަލުކުރަން މަސައްކަތްކުރުން.
– ރަހުމަތްތެރިއެއްގެ ގޮތުގައި ފެށުމަށްފަހު ދަރިވަރުގެ ޖިންސީ ފޮޓޯ ހޯދުމަށް ނުވަތަ ބައްދަލުކުރުމަށް އެދެން ފަށާ، ދަރިވަރުގެ މައްޗަށް ގަދަވެގަތުމަށްފަހު، ހަނގާކޮށް ބިރު ދެއްކުން.
– ދަރިވަރުގެ އިތުބާރު ހޯދުމަށްފަހު، މުއާމަލާތް ޖިންސީ ވާހަކަތަކަށް ބަ ދަ ލުކުރުން .
– ދަރިވަރާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރުކުރުމަށް މަސައްކަތް ކުރުން .
– ޖިންސީ މާނަ ދޭހަވާ ފަދަ ފޮޓޯ ދަރިވަރުގެ ފަރާތުން ހޯދާ ނުވަތަ އަޕްލޯޑް ކުރުވުމަށްފަހު، އެފޮޓޯ އެހެން މީހުންނަށް ފޮނުވުން ނުވަތަ އެފޮޓޯ ބޭނުންކޮށްގެން ދަރިވަރަށް ބިރުދައްކައި އިތުރު ފޮޓޯ ހޯދުން.
– ދަރިވަރަށް ހަދިޔާ ފޮނުވުން ނުވަތަ ފޯނަށް ފައިސާ ފޮނުވުން.
ދަރިވަރު މިފަދަ ކަމެއްގެ ޝިކާރައަކަށް ވެފައިވާ ކަމުގެ ބައެއް އަލާމާތްތައް
– މީހުންނާ އެކަހެރިވެ، ދެރަވެ، އުޅުމަށް ބަދަލު އައުން
– އުމުރާ ނުގުޅޭ ތަކެތި ދަރިވަރުގެ ކޮމްޕިއުޓަރުން ފެނުން.
– ގިނަ ވަގުތު އިންޓަރނެޓުގައި ހޭދަކުރުން.
– ދަރިވަރު އިންޓަރނެޓް ބޭނުންކުރާ ތަނަށް (ކޮޓަރިއަށް ) ބެލެނިވެރިޔާ ވަނުމުން ވަގުތުން ބޭނުންކުރަން އިންނަ އެޕްލިކޭޝަން ބަދަލުކޮށްލުން ނުވަތަ ސްކްރީން ނިވާލުން.
– ނުދަންނަ މީހުންގެ ފަރާތުން ދަރިވަރަށް ހަދިޔާ ލިބުން.
ސަމާލުކަން ދޭންވީ ކަންތައްތައް
– އޮންލައިންކޮށް ދިމާވާ އެއްވެސް މީހަކަށް ދިރިއުޅޭ ތަނާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ޒާތީ މައުލޫމާތު ނުފޮނުވުމަށް އަދި ބައްދަލުނުކުރުމަށް ދަރިވަރުންނަށް ބުނެދޭށެވެ.
– ދަރިވަރުގެ ފޮޓޯ އޮންލައިންކޮށް އެއްވެސް މީހަކަށް ނުފޮނުވަން ބުނެދޭށެވެ. އޮންލައިންކޮށް ފޮޓޯއެއް ފޮނުވުމަށްފަހު އެފޮޓޯ އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފޮޓޯ ހޯދުމަށްފަހު ހަނގާކުރުމަށް ނުވަތަ ބިރުދެއްކުމަށް އެފޮޓޯތައް ބޭނުންކުރުމަކީ އެކަށީގެންވާ ކަމަކެއެވެ.
– ހަޤީޤީ ދިރިއުޅުމަށްވުރެ، އޮންލައިކޮށް ދަރިވަރުންނަށް ޖިންސީ އަނިޔާ ކުރާ މީހަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު މިހާރު ބޮޑެވެ.
– އޮންލައިން ގްރޫމިންގ އަންހެން އަދި ފިރިހެން ދަރިވަރަކަށް ވެސް ކުރި މަ ތި ވެދާ ނެއެވެ.
– ސޯޝަލް މީޑިއާ ޗެޓް ސައިޓްތަކާއި އޮންލައިން ގޭމްތަކުގައިވެސް އޮންލައިން ގްރޫމިންގ ހިނގާފާނެއެވެ.
advertisment
ހިޔާލު