ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ 64 އިންސައްތަ ކުދިން ބޭނުންކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޔުނިސެފު ގުޅިގެން އެކުލަވާލި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)ގައި ބުނެފައިވާ ގޮތުން މިއަހަރުގެ މިޑްޓާމް ބްރޭކަށް ކިޔެވުން މެދުކަނޑާލުމާ ހަމައަށް 48،021 ކުދިންނަށް ނާސްތާ ފޯރުކޮށްދީފައިވާ ކަމަށާއި އެއީ ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ކުދިންގެ 64 އިންސައްތައްއެވެ. ހެނދުނުގެ ނާސްތާ ފޯރުކޮށް ދިނުމަށް މަހެއްގެ މައްޗަށް 22.5 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރަމުންދާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މިއަހަރު 213 ސްކޫލަކަށް ބޭނުންވާ ނާސްތާ ތައްޔާރު ކުރަމުން ގެންދަނީ 193 ފަރާތުންނެވެ.
އެޑިއުކޭޝަނާއި ޔުނިސެފުގެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސްކޫލްތައް ބަންދުކޮށްފައިވާ މި ގާލަތުގައި ހެނދުނުގެ ނާސްތާ ނުލިބުމުގެ ސަބަބުން ކުދިންގެ ދުޅަހެޔޮ ސިއްހަތާއި ނިއުޓްރިޝަނާއި ކިޔެވުމުގައި ބައިވެރިވުމުގެ ހުނަރަށް އަސަރުކޮށްފާނެތީއެވެ. މިއާއެކު މިހާރު ނަސްތާ ދެމުން އަންނަ ގޮތް ރިވިއުކުރުމަށްށް ބައެއް ޕްރިންސިޕަލުން ދެކިވަޑައިގަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވެސް ދާދި ފަހުން ބުނެފައި ވަނީ ހެނދުނުގެ ނާސްތާ ފޯރުކޮށްދޭންޖެހޭނީ ހުރިހާ ކުދިންނަށް ނޫން ކަމަށާއިމ އެކަމަށް ބޭނުންވާ ކުދިންނަށް ކަމަށް ބުނެފައެވެ. ހެނދުނުގެ ނާސްތާ މިހާރުވެސް ފޯރުކޮށްދެނީ އެ ބޭނުންވާ ކުދިންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އައު ހާލަތުގައި ކިޔަވައިދެމުންދާއިރު، ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށާއި، ދަރިވަރުން ސްކޫލަށް ދާންވާނީ ސައިބޮއިގެން ކަމަށެވެ.
advertisment
ހިޔާލު