ތައުލީމީ ދާއިރާއަށް އަމާޒުކޮށް، ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ވަގުތީ ލައިސަންސް ދޭން ނިންމައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރުމގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫޢު (ޕައިލެޓް ޕްރޮޖެކްޓް) އެއް ހިންގުމަށް ކޮމިޝަނުން ވަނީ ނިންމާފައިވާ ކަމަށެވެ.
މި ޚިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ޚިދުމަތްދިނުމުގައި ޚިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ޚިދުމަތަށް ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގޭ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލެއް އެ ކޮމިޝަނުން މިހާރުވަނީ އެކުލަވާލައި އާންމު ކޮށްފައެވެ.
މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން، އަލަށް ހުޅުވާލެވޭ މި ފުރުޞަތުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ވަގުތީ ޚިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތަޢުލީމީ ދާއިރާއަށެވެ.
ވީމާ މި ދާއިރާއިން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުކުގެ ވަގުތީ ޚިދުމަތް ދިނުމުގެ އަޖުމަބެލުމުގެ މި މަޝްރޫޢުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި ކަމަށް އެދޭ ފޯމާއި ލިޔުންތައް ފުރިހަމަކުރުމަށް ފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިކަމަށް އިޢުތިރާޒުނުކުރާ ކަމުގެ ލިޔުމަކާއެކު، 31 އޮގަސްޓް 2020 ގެ ކުރިން ކޮމިޝަންގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ.
އުޞޫލުގައި ބުނެފައިވާ ގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތަކީ، އެ ޚިދުމަތް ފޯރުކޮށް ދޭ ، ޞަރަހައްދެއްގެ ރަށްވެހި ފަރާތެއްގެ މިލްކުވެރިކަމުގެ ދަށުން ހިން ގާ ކޮންޓްރޯލްކުރާ އަދި ސިޔާސީ މަޤްސަދެއް ނުހިމެނޭ ގޮތަށް ދެވޭ ބްރޯޑްކާސްޓިންގގެ ޚިދުމަތެކެވެ. ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ މާލީ މަންފާއެއް ހޯދުމަށް ފޯރުކޮށްދޭ ޚިދުމަތެއް ނޫނެވެ. ކޮމިއުނިޓީ ބްރޯޑްކާސްޓކުރުމުގެ ހުއްދަ ދޫކުރެވޭނީ ވަކި ސަރަހައްދަކަށް (ސިޓީއަކަށް ނުވަތަ ރަށަކަށް) ނުވަތަ ވަކި ސަރަހައްދެއްގެ ޚާއްސަ ޝައުޤުވެރިކަމެއް ހިމެނޭ ކަންކަން ކުރިއެރުވުމަށްޓަކައެވެ.
ކޮމިއުނިޓީ ބްރޯޑްކާސްޓް ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ވަގުތީ ހުއްދަ ދޫކުރާނީ ކޮމިއުނިޓީ ޓީވީ އާއި ކޮމިއުނިޓީ ރޭޑިއޯއަށެވެ. ހުއްދަދޭން ނިންމާފައި ވަނީ ހަ މަސްދުވަހަށެވެ.
advertisment
ހިޔާލު