ނާސްތާއަށް ދެމުން އައި ކިރުޕެކެޓް ދަރިވަރުންނަށް ބަހަނީ

ހެނދުނުގެ ނާސްތާއަށް އެސްޓީއޯއިން ފޯރުކޮށްދެމުން އަންނަ ޑެވެންޑެލް މިލްކް ޕެކެޓް ދަރިވަރުންނަށް ބަހަން ފަަށައިިފިއެވެ.
މިލްކް ޕެކެޓް ބަހަން ފަށާފައި ވަނީ ސްކޫލްތައް އަންނަ މަހުގެ ތެރޭގައި ފަށާއިރު، ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށް އެޑިއުކޭޝާން މިނިސްޓްރީން ބުނެފައިވަނިކޮށެވެ. ސްކޫލްތަކަށް ދާއިރު، ދަރިވަރުން ސައިބޮއިގެން ދިއުމަށް އެޑޮއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ނާސްތާ ޕްރޮގްރާމުގެ ދަށުން ދިނުމަށް އެސްޓީއޯއިން ގެނެސްފައިވާ ކިރުޕެކެޓާ ހަވާލުވާން ބެލެނިވެރިންނަށް ސްކޫލްތަކުން ދަނީ އަންގަމުންނެވެ. ކޮންމެ ދަރިވަރަކަށް 30 ފެކްޓް ދޫކުރާއިރު، އެއާ ހަވާލުވާން ހެނދުނު 10ން 12 އާ ދެމެދު، ކޮތަޅެއް ނޫނީ ދަބަހެއް ގެންދިއުމަށް އެދިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *