ސްކޫލް ދަރިވަރުންނަށް ސަރުކާރުން ދޭ ދެމުންގެންދާ ފޮތް ފަންސުރާއި ނާސްތާ ދޭންޖެހޭނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ތައުލީމާބެހޭ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނީ ވަކިވަރެއްގެ އާމްދަނީ ލިބޭ މީހުންގެ ދަރިންނަށް ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުން މިފަދަ ޚަރަދުތައް އޮބި ނޯންނަވަރަށް ކުރަންފެށީމާ ތައްރައްގީއަށް ޚަރަދުކުރަންޖެހޭ ޚަރަދު އަދި މުއްސަނދިންގެ އަތުން ކުރަންޖެހޭ ޚަރަދު ސަރުކާރަށް ކުރަންޖެހޭ ކަމަށެވެ.
ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވާރުންނަށް ހިލޭ ފޮތާއި ސްޓޭޝަނަރީޒް ދެމުން ގެންދާތާ މިހާރު 14 ވަރަކަށް އަހަރު ވެއްޖެއެވެ. ދަރިވަރުންނަށް ހެނދުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހެނދު ސައިނޮބޮއި ސްކޫލަށްދާ ކުދިންގެ ޖިސްމާނީ އަދި ކިޔެވުމަށް ދޭ ސަމާލުކަން ދަށްވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
advertisment
ހިޔާލު