ސްކޫލްތައް ހުޅުވަން ބޭނުންވާ ބަޖެޓް ވަނީ ލިބިފައި: އެޑިއުކޭޝަން

ކޮވިޑް 19އާ ގުޅިގެން ބަންދުކުރަން ޖެހުނު ސްކޫލްތައް އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރު ވަމުންދާއިރު، ސްކޫލްތައް ހުޅުވަން ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖަައްސައިދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޔުނިސެފް ގެ އެހީތެރިކަމާއި އެކު ތައްޔާރު ކޮށްފައިވާ އެޑިއުކޭޝަން ރެސްޕޮންސް ޕްލޭނަކީ ތިން ބަޔަކަށް ބަހާލެވިފައިވާ ތިން އަހަރު ދުވަހުގެ ޕްލޭނެއް ކަމަށާއި، މި ޕްލޭންގައި ހިމެނެނީ ސްކޫލްތައް ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީ ތަކާއި ސްކޫލްތައް ހުޅުވޭ މަރުހަލާގައި ކުރަން ޖެހޭ ކަންތަކާއި ސްކޫލްތައް ހުޅުވުމަށް ފަހު ކުރަންޖެހޭ ކަންތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސްކޫލްތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފް އާއި ޑަބްލިޔު.އެޗް.އޯ ގެ ދީލަތި އެހީތެރިކަމާއި އެކުގައިކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ސްްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ސެނިޓައިޒަރ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި އެ މިނިސްޓްރީއިން ދަނީ ހޯދައި ސްކޫލްތަކަށް ފޮނުވަމުންނެވެ. މިތަކެތި ގިނަ ސްކޫލްތަކަށް މިހާރު ވާނީ ފޮނުވިފައިވާ ކަމަށާއި، މީގެ ތެރެއިން އަތްދޮންނަ ސައިބޯނި ހޯދާފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއި އެކުގައި ކަަމަށާއި. އެހެން ހުރިހާ ތަކެއްޗެއްގަނެފައި ވަނީ މިމިނިސްޓްރީގެ ބަޖެޓުން ކަމަށް ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކުލްތައް ހުޅުވަންވާއިރަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރުމުގެ އިތުރުން ހޭންޑްވޮޝިން ސްޓޭޝަންތައް ގާއިމް ކުރުމާއި، ހުންބަލަން ތަމޯމީޓަރ ސްކޫލް ހުޅުވޭއިރު ހުރިހައި ސްކޫލަކަށް ފޮނުވޭނެ ކަަމަށެވެ.

ގިނަ ދުވަސްތަކެއް ސްކޫލާއި ދުރުގައި ތިބުމަށްފަހު ދަރިވަރުން އެނބުރި ސްކޫލަށް އަންނައިރު ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީފޯރު ކޮށްދިނުމަށްޓަކައި ރާއްޖޭގެ 11000 މުދައްރިސުންނަށް ބޭސިކް ސައިކޮސޯޝަލް ސަޕޯރޓާއި ސައިކޮލޮޖިކަލް ފަސްޓްއެއިޑްގެ ޓްރޭނިންގ
ދޭންވަނީ ފަށާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *