ފިނިހޫނުމިން ބަލަން ސްލޫލްތަކަށް 500 ތަމޯމީޓަރު ހޯދަނީ

ނިއު ނޯމަލްއާއެކު ސްކޫލްތައް ހުޅުވަން ތައްޔާރު ވަމުން ދާއިރު، ދަރިވަރުންނާއި މުދައްރިސުންގެ ފިނިހޫނުމިން ބެލުމަށް 500 ޑިޖިޓަލް ތަމޯމީޓަރު ހޯދަން އެޑިއުކޭޝާން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވަނީ ތަމޯމީޓަރު ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީތަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށާއި، ބީލަން ހުޅުވުން އޮންނާނީ މި މަހުގެ ފަނަރަ ވަނަދު ދުވަހުގެ 11 ޖަހާއިރުއެވެ.
ސްކޫލްތައް ހުޅުވާން ވާއިރަށް ސްކޫލްތަކުގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 12500 ސައިބޯނި ފުޅި ހޯދަންވެސް އެ މިނިސްޓްރީން ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު، އަލުން ސްކޫލްތައް ހުޅުވާކެ ވަކި ތާރީޚެއް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައި ނުވެއެވެ. އަދި ނިއު ނޯމަލްގައި ކިޔަވަން ފަށައިގަނެ އަމަލު ކުރާނެ މިންގަނޑެއް އަދި އިއުލާން ނުކުރެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާއިރު، ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި މިހާރު ކިޔަވައިދޭ ސެޝަންތައް އިތުރު ކުރަންވެސް ޖެހިދާނެ ކަމަށެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން މިއަހަރުގެ އޯލެވެލް އިމްތިޙާން ވަނީ އަންނަ އަހަރުގެ މެއި މަހަށް ވަނީ ފަސްކޮށްފައެެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *