އަންނަ އަހަރުގެ ދިރާސީ އަހަރު، އެ އަހަރުގެ މެދުތެރޭގައި ފެށުމަށް ސޯޝަލް ކައުންސިލުން ލަފާދީފިއެވެ.
މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ސާނަވީ އިމްތިޙާން އަންނަ އަހަރުގެ މެއި ޖޫން މަހުގެ ތެރޭގައި ބާއްވަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.
އެޑިއުކޭޝަނުން ބުނީ މި ބަދަލާއެކު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންވެސް މި އަހަރު ނޯންނާނެ ކަމަށާއި، ދެން އެ އިމްތިޙާން ވެސް އޮންނާނީ އަންނަ އަހަރުގެ މެއި ޖޫންގެ ތެރޭގައި ކަމަށެވެ. އަދި އެ އިމްތިޙާނާ ހަމައަށް މިހާރު ގުރޭޑް ދިހައެއްގައި ތިބި ދަރިވަރުން އެ ސްކޫލްގެ ދަރިވަރުންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ.
އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ފަސްކުރީ ސްކޫލްތަކަށް ދިމާވެދާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް ކަމަށެވެ. އަދި އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމާބެހެ ފަރާތްތަކާއެކު ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި އެ މަޝްވަރާ ތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް އިއުލާން ކުރާނެ ކަމަށް އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު