އޭލެވެލްއާއި އޯލެވެލްގެ ސެޓްފިކެޓްތައް ނުލިބި ލަސްވަނީ ފޮނުވުމުގައި ދިމާވެގެންއުޅޭ ދަތިތަކެއްގެ ސަބަބުން: އެޑިއުކޭޝަން

އޭލެވެލްއާއި އޯލެވެލްގެ ސެޓްފިކެޓްތައް ނުލިބި ލަސްވަނީ ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެންއުޅޭ ދަތިތަކެއްގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނުގައި، 2019 ވަނަ އަހަރު އޮކްޓޯބަރ ނޮވެންބަރު ގައި އޭލެވެލް އަދި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓް ތަކާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ފާޅުކުރައްވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ބުނެފައި ވަނީ އޭލެވެލް އަދި ސެޓްފިކެޓް ތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓް ކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަަށާއި، އަދި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވީމާ ކަމަށެވެ.

" މި މަރުހަލާ ނިމި ސެޓްފިކެޓް ތައް ފޮނުވުމާއި ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ޤައުމުތަކުގެ އެއާރޕޯޓްތައް ބަންދުކޮށް އެ ޤައުމުތައް ވަނީ ފުރަބަންދުކޮށްފައ ސެޓްފިކެޓް ތައް ރާއްޖެއަށް ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ސެޓްފިކެޓްތައް އަދި ރާއްޖެއާ ހަމައަށް ގެނެވިފައިނުވާ ވާހަކަ ދަންނަވަމެވެ. ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ވާހަކަ ދަންނަވަމެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރުލިޔުމެއް ބޭނުންވާނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އަށް އެކަމަށް އެދި ހުށައެޅުމުން އެފަދަ ލިޔުމެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ވާވާހަކަ ދެންނެވީމެވެ." އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *