ހަނިމާދޫ ސްކޫލަށް 51 އަަހަރު، ކާމިޔާބީގެ ފަހަތުގައި ބެލެނިވެރިން

ހަނިމާދޫ ސްކޫލަށް 51 އަހަރު ފުރުނުއިރު، އެ ސްކޫލްގެ ކާމިޔާބީގެ ފަހަތުގައި ތިއްބެވީ ބެލެނިވެރިން ކަމުގައި އެ ސްކޫލުން ސިފަކުރައްވައިިފިއެވެ.

ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މުހުސިން އަބްދުއްލަތީފު ވިދާޅުވީ އެ ސްކޫލުން އެދުނު ކޮންމެ ކަމެއްގައި އެ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
"ދަތިވެގެން އެނދުނު ކޮންމެ ކަމެއް އަޅުގަނޑުމެންނަށް ކޮށްދެމުން ގެންދަނީ" އަބްދުލް މުހުސިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސްކޫލަށް 51 އަހަރު ފުރުނުއިރު، އޭލެވެލްއަށް ކިޔަވައި ދިނުމަށް ވޭތުވެދިޔަ ތިން އަހަރު ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭލެވެލް ފެށޭވަރަށް އެ ސްކޫލް ނިންމާ ދަރިވަރުން ރަށު ސްކޫލްގައި މަޑުކުރަން ބޭނުން ނުވުމެވެ.
އޭލެވެލްއަށް ކިޔަވައި ދޭން ފަށަނީ ކިޔަވައިދޭ ސްޓްރީމެއްގައި މަދުވެގެން ދިހަ ކުދިން ބައިވެރިވާނަމައެވެ.

" ވަރަށް މަސައްކަތް ކުރެވިއްޖެ. ރަށުކައުންސިލާއި ސްކުލާއި ބެލެނިވެރިންގެ ތެރެއިންވެސް މި މަސައްކަތް ކުރެވިއްޖެ. ކޮންމެ ފަހަރަކުވެސް ގްރޭޑް 10 ނިންމާ ކްރީމް ކޮޅޫ މި ދަނީ އެހެން ސްކޫލްތަކަށް" ޕްރިންސިޕަލް ވިދާޅުވިއެވެ.

ކޮވިޑް19އާ އެކު ގޫގުލް ކުލާސްރޫމް ބޭނުން ކޮށްގެން އެ ސްކޫލުން ދަނީ ގުރޭޑް ތިނަކުން ފެށިގެން މަތީ ގުރޭޑް ތަަކަށް ކިޔަވައި ދެމުންނެވެ. އަންނަ ހަފުތާތެރޭގައި ގުރޭޑް ދޭއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރު ދަނި އެ ސްކޫލުން ވަމުންނެވެ.
އަބްދުލް މުހުސިން ވިދާޅުވީ ގުރޭޑް ދޭއްގެ ދަރިވަރުންނަށް ޓެބްލެޓް ދީފައި ނުވާތީ، ގުރޭޑް ދިހައެއް ނިންމި ދަރިވަރުން ބޭނުން ކުރި ޓެބްލެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށާއި، އުއްމީދު ކުރަނީ އަންނަ ހަފުތާތެރޭގައި ގުރޭޑް ދޭކަށްވެސް ކިޔަވައިދޭން ފެށުމެވެ.

ހަނިމާދޫ ސްކޫލްގައި 476 ކުދިން ކިޔަވަމުންދާއިރު، އެ ސްކޫލްގެ ދަރިވަރުން އޯލެވެލްގެ ގަދަ ދިހައެއްގައި ވަނީ ހިމެނިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *