އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް 19 އަހަރުން ދަށް: ފިރިހެން ޗެންޕިއަންކަން ސީއެޗްއެސްއީއަށް

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ސީއެޗްއެސްއީއިން ހޯދައިފިއެވެ.

މ. އަތޮޅު ތައުލީމީ މަރުކަޒުގެ ފިރިހެން ޓީމާ ކުޅެ ސީއެޗްއެސްއީއިން ތަށި ހޯދީ 2-3 ސެޓުގެ ތަފާތަކުންނެވެ.

ފުރަތަމަ ސެޓް މ. އޭއީސީން ގެންދިޔައީ 22-25ންނެވެ. ދެވަނަ ސެޓު ސީއެޗްއެސްއީއިން ނިންމާލީ 19-25ންނެވެ. ތިން ވަނަ ސެޓު 21-25 ގެންދިޔައިރު، ހަތަރު ވަނަ ސެޓު 23-25ން މ. އޭއީސީން ގެންދިޔުމުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު ސީއެޗްއެސްއީ އިން ހޯދީ 10-15އިންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ނާވީ (ވ)ގައި. ސީއެޗްއެސްއީއަށް ޗެންޕިއަންކަން ލިބުމުގައި އޭނާގެ ހިއްސާބޮޑު- ފޮޓޯ: ވީއޭއެމް

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ސީއެޗްއެސްއީގެ ޖޯޒީ ނަމްބަރު 6 އަހުމަދު ނާވީ އާދަމެވެ.

ސީއެޗްއެސްއީން ފައިނަލަށް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު 5 މެޗުގެ ހުރިހާ މެޗަކުން މޮޅުވެ 14 ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖްގައި މ. އޭއީސީ ބަލިވީ ސީއެޗްއެސްއީ އަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *