އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް 19 އަހަރުން ދަށް: އަންހެން ޗެންޕިއަންކަން ކެޔޮދޫ ސްކޫލަށް

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވ. ކެޔޮދޫ ސްކޫލުން ހޯދައިފިއެވެ.

މިއަދު ހަވީރު، މ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ޓީމާ ކުޅެ ކެޔޮދޫ ސްކޫލުން ތަށި ގެންދިޔައީ 1-3 ސެޓުން މޮޅުވެގެންނެވެ.

ހަތަރު ސެޓު ކުޅުނުއިރު ފުރަތަމަ ސެޓް ގެންދިޔައީ މ. އޭއީސީންނެވެ. އެ ސެޓު އެ ސްކޫލުން ގެންދިޔައީ 20-25ންނެވެ. އޭގެ ފަހުން ކުޅުނު ތިން ސެޓު ވެސް ގެންދިޔައީ ކެޔޮދޫ ސްކޫލުންނެވެ. ކެޔޮދޫ ސްކޫލުން ހޯދި ހުރިހާ ސެޓެއްވެސް ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. ފުރަތަމަ ސެޓް 14-25ން ދެވަނަ ސެޓް 12-25ން އަދި ފަހު ސެޓް ގެންދިޔައީ 14-25ންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ކެޔޮދޫ ސްކޫލުގެ ޖޯޒީނަމްބަރު 7 އައިމިނަތު ރައިޝާ އިބްރާހިމެވެ.

ކެޔޮދޫ ސްކޫލް ފައިނަލަށް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު 4 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

މި އުމުރު ފުރައިގެ ފިރިހެން ފައިނަލް މިރޭ ކުޅޭނެއެވެ. ފައިނަލުގައި ކުޅޭނީ ސީއެޗްއެސްއީއާއި މ. އޭއީސީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *