މިއަހަރު އޮކްޓޯބަރު/ ނޮވެމްބަރު ބާއްވަން ނިންމި އޯލެވެލް އިމްތިޙާން އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބާއްވަން ތައްޔާރު ވަމުންދާ ކަމަށް ތަޢުލީމާބެހޭ މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވަޒީރު، ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވީ މިއަހަރު ބާއްވަން އޮތް އޯލެވެލް އިމްތިޙާން ކޮވިޑް19އާ ގުޅިގެން ފަސްކޮށްފައިވާނެ ކަމަށާއި، އެ އިމްތިހާން އަލުން ބާއްވަން ދެ ތާރީޚެއް އިމްތިޙާން ބާއްވާ ފަރާތުން ދީފައިވާ ކަމަށެވެ. އެއީ އަންނަ އަހަރުގެ މެއި/ޖޫން ނޫނީ އޮކްޓޯބަރު/ ނޮވެމްބަރެވެ.
" އަޅުގަނޑުމެން ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާވެސް މަޝްވަރާކޮށް، ގިނަ ބަޔަކަށް ބުރަވެވުނީ މެއި/ޖޫން ގައި އިމްތިހާން ބާއްވަން. އެއީ މުޅި އަހަރު ރިޕީޓް ނުވާނެ ގޮތަކަށް އެ ކުދިންނަށް ފުރުޞަތު ދިނުމަށްޓަކައި" ތައުލީމީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިމްތިހާން މެއި/ޖޫންގައި ބާއްވަން އިކޮނޮމިކް ކައުންސިލަށް ޕޭޕަރެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާތެރޭގައި ގޮތްތަކެއް ނިންމާލެވޭނެ ކަމަށެވެ.
ވަޒީރު، ޑރ. އައިޝަތު އަލީ ވިދާޅުވީ މެއި/ޖޫންގައި އޯލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޓެލިކިލާސްގެ ތެރެއިންވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރަށްފުށުގައި ތިބި ދަރިވަރުންނަށް ވެސް އެހީތެރިކަން ފަސޭހައިން ހޯދޭނެ ގޮތަަކަށް ރިސޯސަސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
" އަޅުގަނޑުމެން މި ބަލަނީ ރޯދަމަހުގެ ފަހު ހަފުތާގައި ކޮލިޓީ ރަނގަޅު ލެސަންތަކެއް ހުރިހާ ގުރޭޑް ތަކަކަށްވެސް ތައްޔާރު ކުރެވިގެންދާނެ. ކޮންމެ ޓްރޮޕިކަކަށް ކޮންމެ ލެސަންއަކަށް ރަނގަޅު ރިސޯސްތަކެއް ހުންނާނެ. އެ ބޭނުން ކޮށްގެން ދަރިވަރުންނަށް އިތުރު އެހީ ފޯރުކޮށް ދެވިގެން ދާނެ" ތައުލީމީ ވަޒީރު ވިދާޅުވިއެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޓެލިކިލާސްތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ.
advertisment
2 Responses
ކޮންބެލެނި ވެރިންނަކާތޯ މަޝްވާރާ ކުރީ އަހާލަން އެބަޖެހޭ.. މާލޭގައި މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއެއް ގެ ހައިސިއްޔަތުން ތޯ މަޝްވަރާ ކުރީ ކޮން ސްކޫލެއްގެ ބެލެނި ވެރިންނާ ތޯ ބުނެވިދާނެތަ
މިނިސްޓަރ ކަނޑައެޅިގެން ހެދީ ދޮގު ބެލެނިވެރިންނަކާ ބައްދަލެއް ނުކުރޭ އަހަރެން މިއަހަރު ގްރޭޑް 10 ގައި މާލޭ ގެ ސްކޫލް ތަކުގައި އުޅޭ 50 ކުދިންގެ ބެލެނިވެރިންނަށް ވާހަކަ ދައްކައިފިން ތިޔަބައްދަލުވުން ބޭއްވިކަން އިނގޭ ބެލެނިވެރިޔަކު އަދި ދިމަލެއްނުވޭ..