އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް 19 އަހަރުން ދަށް: މ. އޭއީސީގެ ދެ ޓީމުވެސް ފައިނަލަށް

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފައިނަލަށް މ. އަތޮޅު ތަޢުލީމީ މައުޒުގެ އަންހެން އަދި ފިރިހެން ޓީމް ހިނގެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މ. އޭއީސީގެ ފިރިހެން ޓީމް ފައިނަލަށް ދިޔައީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ވާދަކޮށް 4-1 ގެ ތަފާތަކުންނެވެ. އަންހެން ޓީމް ފައިނަލަށް ދިޔައީ ސީއެޗްއެސްއީއާ ވާދަކޮށް، ވާދަވެރި ކުޅުމަކަށްފަހު، -2-3 ސެޓުން މޮޅު ވެގެންނެވެ.

އަންހެނުންގެ ސެމީގައި ފުރަތަމަ ސެޓް މ. އޭއީސީން ގެންދިޔައީ ފަސޭހަކަމާއެކު 6-25ން ނެވެ. ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެ ސެޓް ގެންދިޔައީ ސީއެޗްއެސްއީންނެވެ. ހަތަރުވަނަ ސެޓް މ. އޭއީސީން ގެންދިއުމުން ގަދަ ހިފުމަކަށް ދިއުމަށް ފަސްވަނަ ސެޓަކަށް ދާންޖެހުނެވެ. ފަހު ސެޓް ދިޔައީ ވަރަށް ވާންކޮށެވެ. މ. އޭއީސީގެ ކޮޅަށް ނަތީޖާ ބަދަލުކޮށްލީ 13-15ންނެވެ.

އަންހެން ފައިނަލުގައި މ. އޭއީސީއާ ވާދަކުރާނީ ކެޔޮދޫ ސްކޫލާއެވެ.

ފިރިހެނުންގެ ސެމީގެ ފުރަތަމަ މެޗްގައި މ. އޭއީސީން ފުރަތަމަ ސެޓްގެންދިޔައީ 25-27ން، ދެވަނަ ސެޓް 19-25ންނެވެ. ވިލާއިން މޮޅުވި ސެޓް އެ ޓީމުން ގެންދިޔައީ 23-25 ންނެވެ. ވާދަވެރި ފަހު ސެޓް މ. އޭއީސީން ގެންދިޔައީ 20-25ންނެވެ.

ފައިނަލުގައި މ. އޭއީސީ ކުޅޭނީ ސީއެޗްއެސްއީއާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *