ރާއްޖޭގައި އެންމެ ގިނަ ކުދިން ކިޔަވަމުން ގެންދަނީ ގުރޭޑް އެކަކާއި ދޭއްގައި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި.
އެ ބިއުރޯއިން ބުނި ގޮތުގައި ސްކޫލްތަކުގައި ކިޔަވަމުންދާ އާބާދީގެ ގޮތުގައި ބަލާ 18 އަހަރުން ދަށުގައި ތިބީ 126،056 ކުދިންނެވެ. އެއީ އާބާދީގެ 23 އިންސައްތައެވެ. މީގެ ތެރެއިން 52 އިންސައްތައަކީ ފިރިހެން ކުދިންނެވެ. އަންހެން ކުދިންގެ އިންސައްތައަކީ 48 އެވެ. އަށާރަ އަހަރުން ދަށުގެ އާބާދީގެ ތެރެއިން މާލޭގައި އުޅެމުން ގެންދަނީ 41،350 ފިރިހެން ކުދިންނާއި، 37،524 އަންހެން ކުދިންނެވެ. އަތޮޅުތަކުގައި އުޅެމުން ގެންދަނީ 24،533 ފިރިހެން ކުދިންނާއި 22،648 އަންހެން ކުދިންނެވެ.
އެ ބިއުރޯގެ ތަފާސް ހިސާބަށް ބަލާއިރު، ރަށު މަދަރުސާގައި 4،800 އެންހާ ކުދިން ގުރޭޑް ދޭއް ގައި ކިޔަވަމުން ގެންދެއެވެ. މާލޭގެ މަދަރުސާތަކުގައި އެންމެ ގިނައީ ގުރޭޑް އެކެއްގެ ދަރިވަރުންނެވެ. އެއީ 2،800 ދަރިވަރުންނެވެ. އެންމެ މަދުން ކިޔަވަމުން ދަނީ ގުރޭޑް އެގާރައާއި ބާރައިގައެވެ. 1200އެންހާ ދަރިވަރުން ގުރޭޑް އެގާރައަށް މާލޭގައި ކިޔަވަމުންދާއިރު، ރަށު މަދަރުސާތަކުން އެގާރައަށް ކިޔަވަމުން ގެންދަނީ 500އެންހާ ކުދިންނެވެ. ގުރޭޑް ބާރައަށް ބަލާއިރު، މާލޭގެ މަދަރުސާ ތަކުގައި 1200 އެންހާ ކުދިން ކިޔަވާއިރު، ރަށު މަދަރުސާ ތަކުގައި ކިޔަވަމުން ދަނީ 600އެންހާ ކުދިންނެވެ.
މަތީ ސާނަވީގައި ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިން ގިނައެވެ. އަންހެން ކުދިންގެ ނިސްބަތް 56.7އިންސައިގައި ހުރިިއިރު، ފިރިހެން ކުދިންގެ ނިސްބަތަކީ 43 އިންސައްތައެވެ.
ދެ ޖިންސުގެ އާބާދީ އަށް ބަލާއިރު، 37 ޕަސެންޓު ކުދިން އުޅެނީ މާލޭގައެވެ. މާލޭގައި 24،533 ފިރިހެން ކުދިންނާއި 22،648 އަންހެން ކުދިން ދިރިއުޅެއެވެ. އަދި އަތޮޅުތަކުގައި 41،350 ފިރިހެން ކުދިން ދިރިއުޅެ އެވެ. އަދި ރަށްރަށުގައި އުޅެނީ 37،225 އަންހެން ކުދިންނެވެ.
advertisment
ހިޔާލު