އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް 19 އަހަރުން ދަށް: ސެމީއަށް މ. އޭއީސީއާއި ވީއައިއެޗްއެސްއާއި ސީއެޗްއެސްއީގެ އިތުރުން ކެޔޮދޫ ސްކޫލް

19 އަހަރުން ދަށުގެ ފިރިހެން، ގުރޫޕް ސްޓޭޖްގައި ކެޔޮދޫ ސްކޫލާއި މ.އޭއީސީ ގުޅެނީ: ކެޔޮދޫ ސެމީއަށް ދިޔައީ ހުރިހާ މެޗަކުން މޮޅުވެގެން- ފޮޓޯ: ރިޝްވާން | ދަރިވަރު ނޫސް

އިންޓަ ސކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ސެމީގެ މެޗްތައް މިރޭ ފަށާނެއެވެ.

ސެމީ ފައިނަލުގެ ފުރަމަ މެޗްތަކުގައި ކުޅޭނީ ގުރޫޕް ސްޓޭޖުން ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމު ތަކެވެ. އަންހެން ދަރިވަރުންގެ ބައިން ސެމީގައި މިރޭ ކުޅޭނީ ސީއެޗްއެސްއީއާއި މ. އޭއީސީއެވެ. ފިރިހެން ދަރިވަރުންގެ ބައިން ސެމީގައި ކުޅޭނީ މ. އޭއީސީއާއި ވިލާ ހައި ސްކޫލެވެ.

ގުރޫޕް ސްޓޭޖްގައި މ. އޭއީސީ ބަލިވީ ސީއެޗްއެސްއީ އަތުންނެވެ. ވިލާ ހައި ސްކޫލް ބަލިވީ މ. އޭއީސީގެ އިތުރުން ސީއެޗްއެސްއީގެ އަތުންނެވެ.

ސެމީގެ ދެވަނަ މެޗް ކުޅޭނީ މާދަމާ ރޭ ގައެވެ. ސެމީގެ ދެވަނަ މެޗްގައި ކުޅޭނީ މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗްތަކުން މޮޅުވާ ޓީމާއި ގުރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމެއެވެ. ގުރޫޕް ސްޓޭޖްގައި ހަތަރު މެޗުން ވެސް މޮޅުވެ 14 ޕޮއިންޓް ހޯދައިގެން ފިރިގެން ބައިން އެއްވަނަ ހޯދީ ސީއެޗްއެސްއީންނެވެ. އަންހެން ބައިން އެއްވަނަ ހޯދީ 12 ޕޮއިންޓް ހޯދި ވ. ކެޔޮދޫ ސްކޫލެވެ.

ގުރޫޕް ސްޓޭޖްގައި މ. އޭއީސީ ބަލިވީ ކެޔޮދޫ ސްކޫލް އަތުންނެވެ. ސީއެޗްއެސްއީ ބަލިވީ ކެޔޮދޫ ސްކޫލާއި މ. އޭއީސީގެ އަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *