އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް: 15 އަހަރުން ދަށް، ޗެމްޕިއަންކަން ޣިޔާޘުއްދީނަށް

24 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣިޔާޘުއްދީން ސްކޫލުން ހޯދައިފިއެވެ.

މިރޭ ކުޅުނު ފަނަރަ އަހަރުން ދަށުގެ ފައިނަލުގައި އަޙްމަދިއްޔާ ސްކޫލާ ވާދަކޮށް ޣިޔާޘުއްދީން މޮޅުވީ 23- 29 ންނެވެ.

ތޭރަ އަހަރުން ދަށުގެ ފައިނަލަށް ޣިޔާޘުއްދީން ދިޔައީ ސެމީގައި އިސްކަންދަރު ސްކޫލް އަތުން މޮޅުވެގެންނެވެ. އަޙްމަދިއްޔާ ފައިނަލަށް ދިޔައީ ސެމީގައި ހިރިޔާ ސްކޫލުގެ އަތުން މޮޅުވެގެންނެވެ.

ޣިޔާޘުއްދީނާއި އަޙްމަދިއްޔާ ހިމެނުނީ އެއް ގުރޫޕެއްގައެވެ. މި ގުރޫޕުން އެއްވަނަ 9 ޕޮއިންޓާއެކު ޣިޔާޘުއްދީން ހޯދިއިރު، ހަ ޕޮއިންޓާއެކު ދެވަނަ ހޯދީ އަޙްމަދިއްޔާއިންނެވެ. ގުރޫޕް ސްޓޭޖްގައި އަޙްމަދިއްޔާ ބަލިވީ ވެސް ޣިޔާޘުއްދީން އަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *