ކޮވިޑް19އާ ގުޅިގެން ސިއްހީ އެހީތެރިންނާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އެހީތެރި ވުމުގެ ގޮތުން މޭނާ ސްކޫލްގެ އަންހެން މުވައްޒަފުން އިސްނަގައިގެން ފެހި ފޮތި މާސްކު ހޮޅުދޫ ކައުންސިލާ ހަވާލުކޮށްފިއެވެ.
މޭނާ ސްކޫލުން ބުނެފައި ވަނީ 2067 ފޮތި މާސްކު މިހާތަނަށް ހޮޅުދޫ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މާސްކު ބޭނުން ކުރާނީ ހޮޅުދޫގައި ދިރިއުޅޭ ދޭސީންނާއި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި، ޕޯޓް ސެކިއުރިޓީއާއި، ޓާސްކް ފޯސް އަދި ޑެލިވަރީ ޓީމްގެ މެމްބަރުން ކަމަށް އެ ސްކޫލުން ބުނެފައިވެއެވެ.
މާސްކު ފެހުމުގައި އިސްނެންގެވި އެ ސްކޫލުގެ އަންހެން މުވައްޒަފުންނާއި، އަދި މާސްކް ފެހުމުގައި ހިމް، ބޭސް އަދި ބާފާ ޖަމިއްޔާއިން ދިން އެހީތެރިކަން ފާހަގަކުރާ ކަަމަށް ވެސް މޭނާ ސްކޫލުން ބުނެފައިވެއެވެ.
advertisment
ހިޔާލު