އިންޓަ ސްކޫލް 19 އަހަރުން ދަށުގެ ފައިނަލުގައި ކުޅޭނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ސީއެޗްއެސްއީއެވެ.
ތިން ޓީމު ބައިވެރިވި މި އުމުރު ފުރައިގެ ގުރޫޕް ސްޓޭޖްގައި، މި ދެ ޓީމު ކުޅުނު މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. އަހުމަދިއްުޔާ އަތުން މި ދެޓީމު މޮޅުވެެގެން ލިބުނު ހަތަރު ޕޮއިންޓާއެކު ސެމީގައި މި ދެޓީމު ކުޅުނު މެޗް ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ވިލާ ހައި ސްކޫލުންނެވެ.
ފައިނަލުގެ ދެވަނަ ޖާގަ ސީއެޗްއެސްއީން ހޯދީ ސެމީގެ ދެވަނަ މެޗްގައި އަޙްމަދިއްޔާ ސްކޫލުގެ އަތުން މޮޅުވެގެންނެވެ.
ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ ގައެވެ.
advertisment
ހިޔާލު