އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 19 އަހަރުން ދަށް: އިއްޔެ ފޯރި ގަދައީ ވިލާ ހައި ސްކޫލާއި ޖެޔޮދޫ ސްކޫލްގެ މެޗް

ކެޔޮދޫ ސްކޫލާއި ވިލާ ހައި ސްކޫލް އިއްޔެ ކުޅުނު މެޗް- ނަތިޖާ ނެރެން ޖެހުނީ ތިން ވަނަ ސެޓެއްވެސް ކުޅެގެން – ފޮޓޯ: ރިޝްވާން | ދަރިވަރު ނޫސް

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 19 އަހަރުން ދަށުގެ ފަސް މެޗް އިއްޔެ ކުޅުނެވެ. އެންމެ ފޯރި ގަދައީ ކެޔޮދޫ ސްކޫލާއި ވިލާ ހައި ސްކޫލްގެ ފިރިހެން ޓީމް ކުޅުނު މެޗެވެ. 18-25 އަދި 24-26ން ފުރަތަމަ ދެ ސެޓް އެއްވަރު ވުމުން ނަތީޖާ ނެރުނީ ތިން ވަނަ ސެޓުންނެވެ. އެ ސެޓް ވިލާ ހައި ސްކޫލުން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު، 16-15ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ވިލާ ހައި ސްކޫލުގެ ޖޯޒީ ނަމްބަރު 4 މުޙައްމަދު ޔައީޝްއެވެ.

އިއްޔެގެ ފުރަތަމަ މެޗްގައި ސީއެޗްއެސްއީގެ ފިރިހެން ޓީމް ކުޅުނީ މ. އޭއީސީއާއެވެ. ފުރަތަމަ ސެޓް ވާދަވެރިކޮށް، 22-25 ގެންދިޔައީ ސީއެޗްއެސްއީންނެވެ. ދެވަނަ ސެޓް މާ ބޮޑު ވާދަވެރިކަމެއް ނެތި ސީއެޗްއެސްއީން ގެންދިޔައީ 17-25ންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ސިއެޗްއެސްއީގެ ޖޯޒީ ނަމްބަރު 5 މުޙައްމަދު ސައިފު އަޙްމަދެވެ.

ސީއެޗްއެސްއީގެ އަންހެން ޓީމާއި މ. އޭއީސީ ކުޅުނު މެޗްގެ ފުރަތަމަ ސެޓް މ. އޭއީސީން ގެންދިޔައި ފަސޭހަކަމާއެކު 18-25ންނެވެ. ދެވަނަ ސެޓުގައި ސީއެޗްއެސްއީން ވާންކުރިއެވެ. މ. އޭއީސީ މޮޅިވީ 25-26ންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މ. އޭއީސީގެ ޖޯޒީ ނަމްބަރު 10 ފާތިމަތު އިބާ ޠާހިރެވެ.

އަޙްމަދިއްޔާގެ ފިރިހެން ޓީމު މޮޅުވީ ބިލަބޮންގ ހައި ސްކޫލާ ވާދަކޮށް ފަސޭހަ ކަމާއެކު ދެ ސެޓުންނެވެ. އަޙްމަދިއްޔާއިން ސެޓްތައް ގެންދިޔައީ 17-25 އަދި 10-25ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އަޙްމަދިއްޔާގެ ޖޯޒީ ނަމްބަރު 17 އަބްދުއް ޝަކޫރު އަބްދުއް ސައްތާރެވެ.

އަޙްމަދިއްޔާގެ އަންހެން ޓީމް ކުޅުނީ ކެޔޮދޫ ސްކޫލާއެވެ. މި މެޗް ކެޔޮދޫ ސްކޫލުން ގެންދިޔައީ 17-25 އަދި 25-25ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކެޔޮދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 7 އާމިނަތު ރައިޝާ އިބްރާހިމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *