އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 19 އަހަރުން ދަށް، ސީއެޗްއެސްއީއާއި މ. އޭއީސީގެ އަންހެން އަދި ފިރިހެން ޓީމުން މުބާރާތް ފެށީ މޮޅަކުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ސީއެޗްއެސްއީގެ ފިރިހެން ޓީމު ނުކުތީ ކެޔޮދޫ ސްކޫލާ ދެކޮށަށެވެ. ސީއެޗްއެސްއީން މެޗް ކާމިޔާބު ކުރި ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 18-25 އަދި 23-25ންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔަކީ ސީއެޗްއެސްއީގެ ޖޯޒީ ނަމްބަރު 6 އަޙްމަދު ނާވީ އާދަމެވެ.

ސީއެޗްއެސްއީގެ އަންހެން ޓީމު ކުޅުނީ ވިލާ ހައި އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށެވެ. މި މެޗް ސީއެޗްއެސްއީން ގެންދިޔައީ ފުރަތަމަ ސެޓް 22-25ންނެވެ. ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު، 24-25ންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޖޯޒީ ނަމްބަރު 9 މަނާލް އިސްމާއިލް ރަޝީދެވެ.
މ. އޭއީސީގެ ފުރަތަމަ މެޗްގައި އެ ސްކޫލުގެ އަންހެން ޓީމު ނުކުތީ އަޙްމަދިއްޔާ ސްކުލާ ދެކޮޅަށެވެ. ދެ ސެޓުން އަޙްމަދިއްޔާ ބަލިކުރިއިރު، ފުރަތަމަ ސެޓު ގެންދިޔައީ 16-25ން ފަސޭހަ ކަމާއެކުގައެވެ. ދެވަނަ ސެޓުގައި އަޙްމަދިއްޔާގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކީ ދެވަނަ ސެޓު މ. އޭއީސީން ގެންދިޔަ ނަމަވެސް ތަފާތު ކުޑަވުމެވެ. ފަހު ސެޓް މ.އޭއީސީން ގެންދިޔައީ 22-25ންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މ. އޭއީސީގެ ޖޯޒީ ނަމްބަރު 10 ފާތިމަތު އިބާ ޠާހިރެވެ.

މ. އޭއީސީގެ ފިރިގެން ޓީމު މިއަދު ހަވީރު ކުޅުނީ ބިލަބޮންގ ހައި ސްކޫލާއާއެވެ. މ. އޭއީސީން ދެ ސެޓު ގެންދިޔައީ ފަސޭހަ ކަމާއެކުގައެވެ. ފުރަތަމަ ސެޓު ގެންދިޔައީ 13-25ންނެވެ. ދެވަނަ ސެޓު ގެންދިޔައީ 7-25ންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޖޯޒީ ނަމްބަރު 10 އަޙްމަދު އިމްތިޔާޒު އަފީފުއެވެ.
19 އަހަރުން ދަށުގެ ފަސް މެޗް ރޭ ކުޅުނުއިރު، ފަހު މެޗްގައި ކުޅުނީ އަޙްމަދިއްޔާއާއި ވިލާ ހައި ސްކޫލުގެ އަންހެން ޓީމެވެ. މި މެޗް ވިލާއިން ގެންދިޔައީ ފަހަތުން އަރައި ދެ ސެޓް ހޯދައިގެންނެވެ. ފުރަތަމަ ސެޓު އަޙްމަދިއްޔާއިން ގެންދިޔައީ 23-25ންނެވެ. ދެވަނަ ސެޓް ވިލާ ހައި ސްކޫލުން ގެންދިޔައީ 19-25ންނެވެ. ފަހު ސެޓް ވިލާ ހައިން ގެންދިޔައީ 12-15ންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ވިލާ ހައި ސްކޫލުގެ ޖޯޒީ ނަމްބަރު 11މުޙައްމަދު ބާސިލް ބަޝީރެވެ.
advertisment
ހިޔާލު