މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފައިނަލަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހިނގެއްޖެއެވެ.
ވިލާ ހައި ސްކޫލް ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗްގައި މި ރޭ ސީއެޗްއެސްއީއާ ވާދަކޮށް، 46-43 ގެ ހަނި ތަފާތަކުން މޮޅުވެގެންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ވިލާ ހައި ސްކޫލުގެ ކެޕްޓަން އައިޝަތު ޝާތާ ފަސާހްއެވެ.
މި ގުރޫޕް ސްޓޭޖްގައި މި ދެޓީމު ކުޅުނު މެޗް ނިމުނީ އެއްވަރުވެގެންނެވެ.
ފައިނަލަށް ދާނެ ދެވަނަ ޓީމެއް އެނގެނީ ސީއެޗްއެސްއީއާއި އަޙްމަދިއްޔާ ސްކޫލާ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
advertisment
ހިޔާލު