ތިން މަހަށްފަހު، ޗައިނާގެ ވޫހާން ސިޓީގެ ދަރިވަރުން ކިޔަވަން ސްކޫލްތަކަށް ދާންފަށައިފި

ކޮވިޑް19އާ ގުޅިގެން އެންމެ ފުރަތަމަ ބަންދުކުރި ޗައިނާގެ ވޫހާން ސިޓީގެ ސްކޫލްތައް ހުޅުވައި، ދަރިވަރުން މިއަދު ކިޔަވަން ފަށައިފިއެވެ.

ގާތްގަޑަކަށް 76 ދުވަހު، ބަންދުކޮށްފައި ހުރުމަށްފަހު 120 ސޫކުލެއްގައި މިއަދު ކިޔަވައިދޭން ފެށުމާއެކު، އެ ސްކޫލްތަކަށް ކިޔަވަން ދިޔަ ކުދިންގެ އަދު 60،000އަށް ވުރެ އިތުރުވާނެ ކަމަށް ސީބީއެސް ނިވްސްއިން ރިޕޯޓް ކޮށްފައިވެއެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބަންދު ކުރި ވޫހާން ސިޓީ ހުޅުވާލީ، ކޮވިޑް19 ކޮންޓްރޯލްކޮށް، އެ ސިޓީ އާންމު ހާލަތަކަށް ގެނައުމަށްފަހު، އެޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

ވޫހާންގެ ސްކޫލްތައް ހުޅުވާލިއަސް، ސްކޫލްތަކުގެ ގޭޓުން ވަނުމުގެ ކުރިން ފިނިހޫނުމިން ބެލުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި އިޖްތިމާއީ ގައިދުރުކަމާއެކު ކިލާސްތަކުގައި ކިޔެވުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. ކިލާސްތަކުގެ ތެރޭގައި ޓެސްކްތައް ބަހައްޓާފައި ހުރީވެސް ތިން ފޫޓް ދުރުގައެވެ. ކޮންމެ ދުވަހުކުހެން ދަނީ ސްކޫލްތައް އެކީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *