އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި އަލަށް ބައިވެރިވެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލަށް ކުނބުރުދޫ ސްކޫލް ދިއުމަކީ ބޮޑު ކާމިޔާބެއް ކަމަށް އެ ސްކޫލުން ބުނެފިއެވެ.
މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވީ ވެސް 16 އަހަރުން ދަށުގެ އުމުރު ފުރައިގައެވެ.
" އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެ ފައިނަލާ ހިސާބަށް ދެވުމަކީ އެއީ ވަރަށް ބޮޑު ކާމިޔާބެއް" ކުނބުރުދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ނިޔާޒު ވިދާޅުވިއެވެ.
16 އަހަރުން ދަށް އަންހެނުންގެ ފައިނަލަށް ކުނބުރުދޫ ސްކޫލް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގުރޫޕް ބީއިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީގައި އިމާދުއްދީން ސްކޫލާ ވާދަކޮށް ތިން ސެޓުން މޮޅުވެގެންނެވެ.
16 އަހަރުން ދަށް ފިރިހެނުންގެ ފައިނަލަށް ކުނބުރުދޫ ސްކޫލްއައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގައި ކެޔޮދޫ ސްކޫލް ތިން ސެޓުން ބަލިކޮށްފައެވެ.
ނިޔާޒު ވިދާޅުވީ، އެ ރަށުގެ ސްކޫލްގެ އަންހެން ކުދިންގެ ތެރޭގައި ވޮލީ ފޯރި އޮތް ނަމަވެސް ފިރިހެން ކުދިންގެ ތެރެއިން އާންމުކޮށް ވޮލީ ކުޅެމުން އައީ ދެތިން ކުދިންނެވެ. މުބާރާތުގައި ބައިވެރިވި ގިނަ ކުދިންނަކީ އަލަށް، މި މުބާރާތައް ވޮލީ ކުޅެން ފެށި ކުދިން ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
" ކުދިންގެ ފަރާތުން ބައެއް ކަހަލަ ކަންތައްތަކެއް ފެންނަން ފެށީމާ އެކަންތައް އެއްފަރާތްކޮށްލުމުގެ ބޭނުމުގައި އެކުދިން ލައްވައި ވޮލީ ކުޅެން ފެށީ. އެފެށި ގޮތަށް މުބާރާތައް ވެސް ތައްޔާރުވާން ފެށީ" ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ފަށައިގަތްއިރު ކޯޗެއްވެސް ހަމަޖެއްސީ ސްކޫލުގެ ތެރެއިން ކަމަށެވެ. ފަހުން ބޭރުން ކޯޗެއް ގެނެސްގެން ސީރިއަސްކަމާއެކު މަސައްކަތް ކުރިއަށް ގެންދެވިކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މާލޭގައި އޮންނަ މުބާރާތަކަށް އާބާދީ ކުޑަ ސްކޫލަކުން އައުމަކީ އެއީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށާއި މިފަހަރު އެ ތަޖުރިބާވެސް ކުރެވިއްޖެ ކަމަށެވެ.
" ފުދޭވަރެއްގެ ބޮޑު ޚަރަދެއް އެބަ ހިނގާ ދުވާލެއްގެ މައްޗަށް. ހަފްތާއަކަށް ކުދިން އައިސް އެތިބެނީ ވެސް ބޮޑު ގުރުބާނީއެއް ވެގެން" ނިޔާޒު ބޭނުންވަނީ މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ދިއުމެވެ.
advertisment
ހިޔާލު