އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 16 އަހަރުން ދަށް ފިރިހެން، ފައިނަލަށް ކުނބުރުދޫއާއި އދ. އަތޮޅު މަދަރުސާ ހިނގެއްޖެއެވެ.
ސެމީގައި ކުނބުރުދޫ ސްކޫލް މޮޅުވީ ކެޔޮދޫ ސްކޫލުގެ މައްޗަށް ތިން ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓް ކުނބުރުދޫ ސްކޫލުން ގެންދިޔައީ 17-25ންނެވެ. ދެވަނަ ސެޓް 11-25 އަދި ތިން ވަނަ ސެޓް ގެންދިޔައީ 15-25ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޖާރޒީ ނަމްބަރު 11 މުހައްމަދު އިކްރާމް އިސްމާއިލް ރަޝީދެވެ.
އދ. އަތޮޅު މަދަރުސާ ފައިނަލަށް ދިޔައި މި ރޭ ފ. އަތޮޅު މަދަރުސާ ބައްދަލުކޮށް ތިން ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓް އެ ސްކޫލުން ގެންދިޔައީ 15-25ންނެވެ. ދެވަނަ ސެޓް 22-25 ގެންދިޔައިރު ،ފަހު ސެޓް ނިންމާލީ 20-25ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޝައިހާން ޝާހީނެވެ.
މި ސްކޫލްވެސް ސެމީއަށް އައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
ފައިނަލް މެޗް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ގައެވެ.
advertisment
ހިޔާލު