އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށް ފިރިހެން ފައިނަލުގައި ފ. އަތޮޅު މަދަރުސާއާ ވާދަކުރާނެ ޓީމަކަށް ކެޔޮދޫ ސްކޫލްވެއްޖެއެވެ. ކެޔޮދޫ ސްކޫލް ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގައި މުޙްޔިއްދީން ސްކޫލާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކެޔޮދޫ ސްކޫލުގެ ޖާރޒީނަމްބަރު 10އައްމާރު ބިން އަޙްމަދެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ފ. އަތޮޅު މަދަރުސާ ދިޔައީ އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް ސްޓޭގައި އެ ސްކޫލް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދިއެވެ.
މިއަދު ބަލިވި މުޙްޔިއްދީން ސްކޫލަށް ގުރޫޕް ސްޓޭޖްގައި ތިން ޕޮއިންޓް ލިބުނުއިރު، މި ގުރޫޕްގައި ދެން ހިމެނުނު ތާޖުއްދީން އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.
މި އުމުރު ފުރައިގެ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ގައެވެ.
advertisment
ހިޔާލު