އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެންބައިން ފައިނަލަށް ދިޔަ ފުރަތަމަ ޓީމަކަށް ފ. އަތޮޅު މަދަރުސާ ވެއްޖެއެވެ. އެ ސްކޫލުން ފައިނަލަށް ދިޔައީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކުގައެވެ.
ފައިނަލުގައި ފ. އަތޮޅު މަދަރުސާއާ ވާދަކުރާނީ ސެމީ ފައިނަލުގައި ވ. ކެޔޮދޫ ސްކޫލާއި މުހްޔިއްދީން ސްކޫލް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ބައިގައި ބައިވެރިވެފައި ހަތަރު ސްކޫލަކުންނެވެ. އެހެންވެ އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދާނެއެވެ. ދެވަނަ އަދި ތިންވަނައަށް ދާ ދެ ޓީމިގެ މެދުގައި ސެމީފައިނަލް ކުޅެފައި އޭގެ ތެރެއިން މޮޅުވާ ޓީމެއް ދާނީ ފައިނަލުގައި ކުޅޭ ދެވަނަ ޓީމެއްގެ ގޮތުގައެވެ.
ސާދަ އަހަރުން ދަށް ފިރިހެން ބައިގައި މި ރޭ ދެ މެޗް ކުޅުނެއެވެ. ތާޖުއްދީނާ ކުޅެގެން ފ. އަތޮޅު ސްކޫލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ ޖާރޒީ ނަމްބަރު 7 އިކާން އަބްދުލް ޣައްފާރެވެ. ދެވަނަ މެޗްގައި މުޙްޔިއްދީން ސްކޫލުގެ މައްޗަށް ދެ ސެޓުން ކާމިޔާބު ހޯދީ ކެޔޮދޫ ސްކޫލުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކެޔޮދޫ ސްކޫލުގެ ޖާރޒީ ނަމްބަރު 13 މުޙައްމަދު ރައިހާން ރަޝީދެވެ.
ސެމީގައި ކެޔޮދޫ ސްކޫލާއި މުޙްޔިއްދީން ސްކޫލް ކުޅޭއިރު، ކެޔޮދޫ ސްކޫލަށް ދެ މެޗުން މޮޅުވެގެން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެއްމެ މެޗަކުން މޮޅުވެގެން މުޙްޔިއްދީނަށް ލިބުނީ ތިން ޕޮއިންޓެވެ. މި އުމުރު ފުރައިގައި ދެން ހިމެނެނީ ތާޖުއްދީން ސްކޫލެވެ. އެ ސްކޫލް އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.
ސެމީގައި ކެޔޮދޫ ސްކޫލާއި މުޙްޔިއްދީން ސްކޫލް ކުޅޭނީ މާދަމާ ހަވީރުއެވެ.
advertisment
ހިޔާލު