ކުޅުނު ތިން މެޗުން ވެސް މޮޅު ތ. މަޑިފުށީ ސްކޫލް 14 އަހަރުން ދަށުގެ އަންހެން ގުރޫޕް އޭ އިން ސެމީއަށް ގޮސްފިއެވެ. މި ގުރޫޕުން ސެމީއަށް ދިޔަ ދެވަނަ ޓީމަކީ ތާޖުއްދީނެވެ. ގުރޫޕް ބީއިން ސެމީއަށް ދިޔަ ފުރަތަމަ ޓީމަކީ ފ. އަތޮޅު މަދަރުސާއެވެ.
މަޑިފުށީ ސްކޫލް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ވަނީ ހޯދާފައެވެ. ތާޖުއްދީން ބަލިވީ ރޭ ކުޅުނު މެޗްގައި މަޑިފުށީ ސްކޫލްގެ އަތުންނެވެ. މި މެޗް މަޑިފުށީ ސްކޫލުން ގެންދިޔައި 13-25 އަދި 17-23 ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މަޑިފުށީ ސްކޫލުގެ ޖާރޒީނަމްބަރު 10 މަރިޔަމް ޔާނީ ޚަލީލެވެ.
ގުރޫޕް ބީން ފ. އަތޮޅު މަދަރުސާ ސެމީއަށް ދިޔައިރު އެ ޓީމަށް އަދި އެއް މެޗް އެބައޮތެވެ. އެއީ ކެޔޮދޫ ސްކޫލްގެ މެޗެވެ. ކެޔޮދޫ ސްކޫލް އެއް މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބިފައިވުމާއެކު، އެ މެޗުން މޮޅުވި ނަމަވެސް ލިބޭނީ ހަ ޕޮއިންޓެވެ. އޭރުން ފ. އަތޮޅު މަދަރުސާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ. އޭރުން ގުރޫޕް ބީއިން ސެމީއަށް ކެޔޮދޫ ސްކޫލް ދާނެއެވެ. ފ. އަތޮޅު މަދަރުސާގެ އަތުން ކެޔޮދޫ ސްކޫލް ބަލިވެއްޖެނަމަ ގުރޫޕް ބީގައި ހިމެނޭ ކެޔޮދޫ ސްކޫލާއި ހުރަވީއާއި މަޖީދިއްޔާ ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ. މިއިން ކޮންމެ ޓީމަކަށް ވެސް އޭރުން ލިބޭނީ ތިން ޕޮއިންޓެވެ.
14 އަހަރުން ދަށުގެ އަންހެން އުމުރުފުރައިގައި ރޭ މަޖީދިއްޔާގެ މައްޗަށް ކުރި ހޯދީ ހުރަވީ ސްކޫލުންނެވެ. އެ ސްކޫލުން ސެޓްތައް ގެންދިޔައީ 14-25 އަދި 21-25ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ހުރަވީ ސްކޫލުގެ ޖާރޒީނަމްބަރު 17 ފާތިމަތު މާއަލީ މުޙައްމަދެވެ.
advertisment
ހިޔާލު