19 ސްކޫލަކުން 46 ޓީމާއެކު އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް މާދަމާ ފަށަނީ

24 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށާނެއެވެ.

މި މުބާރާތުގައި 19 ސްކޫލަކުން 46 ޓީމް ވާދަކުރެއެވެ.

ބާރަ ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި ބައިވެރިވި ޓީމުތައް މިދިޔަ އަހަރަށްވުރެ ގިނައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ:

13 އަހަރުން ދަށް،

15 އަހަރުން ދަށް

17 އަހަރުން ދަށް

19 އަހަރުން ދަށް

މި މުބާރާތުގައި އެންމެ ގިނަ ސްކޫލުން ވާދަކުރަނީ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރު ފުރައިގައެވެ. މި ދެ އުމުރު ފުރައިގައިވެސް ސޯޅަ ސްކޫލަކުން ވާދަކުރެއެވެ. 11 ސްކޫލަކުން 17 އަހަރުން ދަށުގެ އުމުރު ފުރައިގައި ބައިވެރިވިއިރު، 19 އަހަރުން ދަށުގައި ވާދަކުރަނީ ތިން ސްކޫލަކުންނެވެ.

މާދަމާ ހަތަރު މެޗް ކުޅެން ތާވަލުކޮށްފައިވެއެވެ. މުބާރާތް ހުޅުވައިދޭނީ 17 އަހަރުން ދަށުގެ އުމުރު ފުރައިގައި ވާދަކުރާ ޖަމާލުއްދީނާއި ތާޖުއްދީނެވެ. ތޭރަ އަހަރުން ދަށުގެ ބައިގެ ދެ މެޗް ވެސް މާދަމާ ކުޅޭނެއެވެ. މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗް ކުޅޭނީ ތާޖުއްދީނާއި އަރަބިއްޔާ ސްކޫލެވެ. ދެވަނަ މެޗް މާދަމާ ރޭ ކުޅޭނީ ދަރުމަވަންތައާއި އިމާދުއްދީނެވެ. މާދަމާ ރޭ 19 އަހަރުން ދަށުގެ ބައިގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ކުޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *