އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: އިއްޔެއާއި ރޭގެ މެޗްތައް ގެންދިޔައީ ފ. އަތޮޅު މަދަރުސާއާއި އިމާދުއްދީނާއި ކެޔޮދޫ ސްކޫލް އަދި ކުނބުރުދޫ ސްކޫލުން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި އިންޔެއާއި ރޭގައި ކުޅުނު މެޗްތަކުން ފ. އަތޮޅު މަދަރުސާއާއި އިމާދުއްދީނާއި ކެޔޮދޫ  ސްކޫލް އަދި ކުނބުރުދޫ ސްކޫލް މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ހަތަރު މެޗެއް ކުޅުނެއެވެ. ފުރަތަމަ މެޗްގައި ކަލާފާނު ސްކޫލާ ވާދަކޮށް އިމާދުއްދީން ސްކޫލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. 15-25 އަދި 19-25 ގެ ތަފާތަކުން އެ ސްކޫލުން މެޗް ކާމިޔާބުކޮށް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިމާދުއްދީނުގެ މިންހަތު އަޙްމަދެވެ.

ދެވަނަ މެޗްގައި ކ. އޭއީސީގެ މައްޗަށް ކުރި ހޯދީ ކެޔޮދޫ ސްކޫލުންނެވެ. ދެ ސެޓުން ކާމިޔާބު ކުރިއިރު، ސެޓްތައް ގެންދިޔައީ 16-25 އަދު 12-25 ންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ އާމިނަތު ޝަފްޤާ ޔޫސުފެވެ.

މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފ. އަތޮޅު މަދަރުސާއިން ވަނީ ތާޖުއްދީން ސްކޫލްގެ ޓީމް 8-25 އަދި 7-25 ން ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ އީމާން އަލީއެވެ.

އިއްޔެ ހަވީރު ކުޅުނު ފަހު މެޗްގައި އދ. އަތޮޅު މަދަރުސާއާ ވާދަކޮށް ކުނބުރުދޫ ސްކޫލުން މެޗްގެންދިޔައީ 9-25 އަދި 22-25ގެ ތަފާތަކުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނބުރުދޫ ސްކޫލުގެ ފާތިމަތު މުޙައްމަދެވެ.

ރޭ ކުޅުނު ފުރަތަމަ މެޗްގައި މުޙްޔިއްދީނުގެ މައްޗަށް ކުރި ހޯދީ ތާޖުއްދީނުންނެވެ. ފުތަމަ ސެޓު ވާދަވެރިކޮށް ދިޔައިރު ދެވަނަ ސެޓް ތާޖުއްދީނުން ގެންދިޔައީ ފަސޭހަކަމާއެކުގައެވެ. މި މެޗްގެ ނަތީޖާއަކީ 23-25 އަދި 16-25 އެވެ. މޮޅު ކުޅުންތެރިޔަކީ ތާޖުއްދީނުގެ ޚަދީޖާ ޖިއަން ޖަވާދު އަޙްމަދެވެ.

ހުރަވީ ސަކޫލާއި ކެޔޮދޫ ސްކޫލް ކުޅުނު މެޗް ކެޔޮދޫ ސްކޫލުން ގެންދިޔައީ 6-25 އަދި 21-25 ގެ ތަފާތަކުންނެވެ، މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކެޔޮދޫ ސްކޫލުގެ އައިޝަތު އަޒުކާ މުޙައްމަދު ނާޝިދެވެ.

ކ. އޭއީސީއާ ވާދަކޮށް މަޑިފުށީ ސްކޫލުން މެޗްގެ ދެ ސެޓު ގެންދިޔައީ ފަސޭހަކަމާއެކުގައެވެ. އެއީ 13-25 އަދި 14-25ން ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މަޑިފުށީ ސްކޫލުގެ މަރިޔަމް ޔާނީ ޚަލީލެވެ. ރޭ ކުޅުނު ފަހު މެޗްގައި މަޖީދިއްޔާގެ މައްޗަށް ފ. އަތޮޅު މަދަރުސާއިން ކުރި ހޯދީ މާ ބޮޑު ވާދަވެރިކަމެއް ނެތިއެވެ. މި މެޗް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ

25-11 އަދި 25-16 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ އީޝާ އަލީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *