ފ. އަތޮޅު މަދަރުސާގެ ފުރަތަމަ ބަލި ކުނބުރުދޫ ސްކޫލުގެ އަތުން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ދެވަނަ ދުވަހު ކުޅުނު ހުރިހާ މެޗަކުން މޮޅުވި، ފ. އަތޮޅު މަދަރުސާ ބަލި ކުރި ޓީމަކަށް ކުނބުރުދޫ ސްކޫލްވެއްޖެއެވެ. 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރައިގައި ކުނބުރުދޫ މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 2-1 ސެޓްގެ ތަފާތަކުންނެވެ. އިއްޔެ ހަވީރު ހުޅުނު މެޗްގައި ފުރަތަމަ ސެޓް ގެންދިޔައީ 25-18 ތަފާތަކުންނެވެ. ދެވަނަ ސެޓްގައި ކުނބުރޫގެ މައްޗަށް ފ. އަތޮޅު މަދަރުސާ ކުރި ހޯދީ 21-25 ގެ ނަތީޖާއަކުންނެވެ. ގަދަ ހިފުމަކަށް ދިޔަ ތިން ވަނަ ސެޓް ކުނބުރޫ ސްކޫލުން ގެންދިޔައީ ފަސޭހަކަމާއެކު 7-15 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނބުރުދޫ ސްކޫލްގެ މުހައްމަދު އިކްރާމް އިސްމާއިލެވެ.

ސާދަ އަހަރުން ދަށުގެ އަންހެން ކުދިންގެ އުމުރުފުރައިގައި ފ. އަތޮޅު މަދަރުސާއިން ހުރަވީ ސްކޫލުގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދާފައެވެ. އެ މަދަރުސާއިން ސެޓްތައް ގެންދިޔައީ 25-7 އަދި 25-10 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ އަލްމާސް އަލީ ޒާހިރެވެ.

އިއްޔެ ހަވީރު، 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައި ކ. އޭއީސީގެ މައްޗަށް ކުރި ހޯދީ ތާޖުއްދީން ސްކޫލުންނެވެ. ދެ ޓީމުން ވެސް ވާން ކުރި މި މެޗް ތާޖުއްދީން ސްކޫލުން ގެންދިޔައީ ތިން ވަނަ ސެޓްގައި 15-9 ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ ފުރަތަމަ ސެޓު ކ. އޭއީސީން ގެންދިޔައީ 25-18 ގެ ތަފާތަކުންނެވެ. ދެވަނަ ސެޓު ގެންދިޔައީ ތާޖުއްދީނުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ ޚަދީޖާ ޖިއާން ޖަވާދެވެ.

މި އުމުރުފުރައިގައި މަޑިފުށީ ސްކޫލާއި މުޙްޔިއްދީން ސްކޫލް ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ގެންދިޔައީ މަޑިފުށި ސްކޫލުންނެވެ. އެއީ 25-12 އަދި 25-11 ގެ ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޑިފުށީގެ މަރިޔަމް ޔާނީ ޚަލީލެވެ.

ކެޔޮދޫ ސްކޫލް މަޖީދިއްޔާ ސްކޫލް ކުޅުނު މެޗް ސީދާ ދެ ސެޓުން ގެންދިޔައީ ކެޔޮދޫ ސްކޫލުންނެވެ. އެއީ 25-12 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫ ސްކޫލްގެ އައިޝަތު އަޒްކާ މުޙައްމަދު ނާޝިދެވެ.

ރޭގައި ކުޅުނު ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ހުރަވީގެ މައްޗަށް ކާމިޔާބު ހޯދީ ކަލާފާނުންނެވެ. އެ ސްކޫލުން ދެ ސެޓު ގެންދިޔައި  25-18 އަދި 25-16 ބޮޑު ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކަލާފާނުގެ ރާއިދު ޢަބްދުﷲ ޖަލީލެވެ.

އދ. އަތޮޅު މަދަރުރުސާއި ދަނގަތީ ސްކޫލް ކުޅުނު މެޗު ކާމިޔާބު ކުރީ އދ.އަތޮޅު މަދަރުސާ އިންނެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ ވެސް ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 25-17 އަދި ދެ ވަނަ ސެޓު 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ޝައިޙާން ޝާހީނެވެ.

އިމާދުއްދީނާއި ތާޖުއްދީން ކުޅުނު މެޗް ގެންދިޔައީ ތާޖުއްދީނުންނެވެ. އެއީ 25-13 އަދި 25-12 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ތާޖުއްދީނުގެ އަޔާން ނިޔާޒެވެ.

މިއަދާއި މިރޭވެސް މި މުބާރާތުގެ ކުޅުން ކުރިއަށް ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *