އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗް ހުރަވީއާއި އދ. އަތޮޅު މަދަރުސާއިން ކާމިޔާބު ކޮށްފިއެވެ.
މާފަންނު ވޮލީ ކޯޓުގައި ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި 16 އަހަރުން ދަށުގެ ފިރިހެން އުމުރުފުރާގައި، އދ. އަތޮޅު މަދަރުސާ މޮޅުވީ ވ. ކެޔޮދޫ ސްކޫލާ ގުޅެގެން ސިދާ ދެ ސެޓުންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓް އދ. އަތޮޅު މަދަރުސާއިން ގެންދިޔައީ 29-27 ޕޮއިންޓުންނެވެ. ދެވަނަ ސެޓް ގެންދިޔައީ 12-25ންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ އދ. އަތޮޅު މަދަރުސާގެ ޝައިޙާން ޝަމީމެވެ.
ދެވަނަ މެޗް ހުރަވީން ގެންދިޔައީ ވެސް މަޖީދިއްޔާ ސްކޫލާ ވާދަކޮށް ދެ ސެޓުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވީ ސްކޫލްގެ މުޙައްމަދު އަކްސަމް އަމްޖަދެވެ.
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް ފެށީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މި ފަހަރުގެ މުބާރާތުގައި 19 ސްކޫލަކުން 42 ޓީމް ވާދަކުރެއެވެ.
advertisment
ހިޔާލު