ކޮވިޑް19ށް ހޭލުންތެރިކުރުވަން އަފީފުއްދީން ސްކޫލް ދަރިވަރުންގެ އެތައް މެސެޖެއް

ކޮވިޑް19ށް ހޭލުންތެރިކުރުވަން އަފީފުއްދީން ސްކޫލުން ކުރިއަށް ގެންދިޔައީ އެ ސްކޫލްގެ ހުރިހާ ގުރޭޑެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރެހުމުގެ ހަރަކާތެކެވެ.

ސްކޫލް ބަންދުކުރުމާއެކު ކުރިއަށް ގެންދިޔަ މި ކުރެހުމުގެ ހަރަކާތުގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ބައިވެރިކުރުވި ކުރެހުންތައް އަފީފުއްދީން ސްކޫލްގެ ފޭސްބުކު ޕޭޖުގައި ވަނީ ހިމަނާފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ދަރިވަރުން މެދުވެރިކޮށް ގިނަ ބަޔަކު ހޭލުންތެރި ކުރުވަން ކުރިއަށް ގެންދިޔަ ހަރަކާތް ވަރަށް ކާމިޔާބު ކަމަށާއި އޭގެ ފައިދާ އެ ސްކޫލްގެ ދަރިވަރުނަށް ކޮށްފިކަމަށެވެ.

" ހުރިހާ ކުދިންނަށްވެސް ކޮރޯނާ އެނގިއްޖެ. އެއީ ބައްޔެއްކަން އެނގިއްޖެ. ގިނަގިނައިން އަތް ދޮންނަން ޖެހޭނެކަން ހަނދާންކޮށް ދެވިއްޖެ. ބައްޔެއް އުޅެނިކޮށް ބޭރަށްދާން މަންމަމެން ކައިރީގައި ބުނަން ނުޖެހޭނެކަން ވެސް އެނގިއްޖެ" ނާސިހާ ވިދާޅުވިއެވެ. " ކުދިން އަމިއްލައަށް މައުލޫމާތުތަކެއް ހޯދައިގެން، މަންމަ ގާތުގައި އަހައިގެން ބައްޕަ ކައިރިން އޮޅުން ފިލުވައިގެން އަމިއްލައަށް ކޮށްފައި އެވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް. ކުރެހުންތަކަށް ބަލާލީމާ އެކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ "

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *